Live 10,004 stories Updated May 11, 2026
Showing: PSM
Browse topics PSM

PSM

Live feed

ގަވަޑިއޯލް ވޯލްޑް ކަޕަށް ފިޓްވެއްޖެ: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކްރޮއޭޝިޔާ ޑިފެންޑަރު ޖަސްކޯ ގަވަޑިއޯލް ވޯލްޑް ކަޕަށް ފިޓްވެއްޖެ ކަމަށް އޭނާގެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. މެންޗެސްޓާ ސިޓީގެ ކޯޗު މިހެން ބުނީ ސީޒަނުގެ ފަހު ދެތިން މެޗަށް ވެފައިވަނިކޮށް ގަވަޑިއޯލް އަނިޔާއިން ރަނގަޅު ވެގެން ކުޅެން ފެށުމުންނެވެ. ފާއިތުވެދިޔަ ހަތަރު މަސ…

ޖަވަކަރާ ރިސޯޓުގައި ވެލަޔަށް ފަރުވާދޭ ޒަމާނީ އިންސްޓިޓިއުޓެއް

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ވެލަޔަށް ދިމާވާ ބަލިތަކާއި އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކޮށްފައިވާ "ސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓް" ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މި ސަރަހައްދުގައިވެސް ހުޅުވުނު މިފަދަ އެންމެ ބޮޑު އެއް އިންސްޓިޓިއުޓެވެ. އޮލިވް ރ…

ހުރިހާ މެޗެއް ކާމިޔާބުކޮށް، މާފުށި ދެވަނަ ބުރަށް

ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މާފުށީ ސްކޫލުން ފަސޭހަކަމާއެކު "ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުން ހުރަވީ ސްކޫލުގެ މައްޗަށް ކުރިހޯދާފައި ވަނީ 1-6 ގެ ނަތީޖާއި…

އާކްގެ ފަރާތުން ސަލާހުއްދީން ސްކޫލަށް ލައިބްރަރީއެއް

ސަލާހުއްދިީން ސްކޫލުގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން، އާކުން އެލިއާ އިންވެސްޓްމަންޓްސްގެ އެހީތެރިކަމާއެކު ތަރައްޤީކުރި ލައިބްރަރީ ހުޅުވައިފިއެވެ. ސަލާހުއްދީން ސްކޫލްގައި "ރީޑިން ރިޓްރީޓް"ގެ ނަމުގައި ހުޅުވި މި ލައިބްރަރީ އަކީ، އެއްފަހަރާ 150 ކުދިންނަށް ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވ…

ގަލްފުގެ ޤައުމުތަކަށް އަނެއްކާވެސް ޑްރޯން ޙަމަލާތަކެއް

ފާއިތުވި ހަފްތާ ބަންދުގެ ތެރޭގައި ގަލްފުގެ ގިނަ ޤައުމުތަކަކަށް ޑްރޯން ޙަމަލާތަކެއް އަމާޒުވެ، އެެމެރިކާއާއި އީރާނާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޤަޠަރުން ބުނީ މުސައިޢީދު ބަނދަރު ސަރަޙައްދުން އެ ޤައުމުގެ ކާގ…

އަދަދުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ޤަޛުފުގެ ދަޢުވާ

އަދަދު ނޫހުން ޝާޢިއު ކުރި ޑޮކިއުމެންޓަރީ މައްސަލައިގައި އެނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އަދަދޫގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ޤަޛުފުގެ ކުށުގެ ދަޢުވާއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުކޮށް އެ ނޫހު…

އޭވީސީ މުބާރާތެއްގެ ޓެކްނިކަލް ޓީމުގައި 3 ދިވެހިން

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ތުރުކުމެނިސްތާނުގައި ބޭއްވި 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޓެކްނިކަލް ޓީމުގައި މަސައްކަތް ކުރުމުގެ ޝަރަފު ރާއްޖޭގެ 3 އޮފިޝަލުން ހޯދައިފިއެވެ. މިއީ ރާއްޖޭގެ އޮފިޝަލުންނަށް މިފަދަ އޭވީސީގެ ޝަރަފުވެރި މުބާރާތެއްގެ ޓެކްނިކަލް ޓ…

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް ދަޢުވާކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމްއެމް.ޕީއާރުސީގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުންފުންޏަކުން ޚީޔާނ…

އޭދަފުށީގައި ތަރައްޤީކުރި "ވެށި ފަންނު" ހުޅުވައިފި

ބ. އޭދަފުށީ ކައުންސިލުން އިސްނަގައިގެން އެމްޓީސީސީއާ ޙަވާލުކޮށްގެން ތަރައްޤީކުރި ”ވެށި ފަންނު“ގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. ވެށި ފަންނު ތަރައްޤީ ކޮށްފައިވަނީ، މޫދައް އެރޭ ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނަކާއެކުގައެވެ. ވެށި ފަންނު ރަސްމީކޮށް ހުޅުވައިދެއްވީ، މިކަމަށްޓަކައި އިއް…

ހުޅަނގު މޫސުން ފެށިއްޖެ، މޫސުމަށް ސަމާލުވޭ!

ރާއްޖޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ފުރަތަމަ ކުރަން ފަށާފައިވަނީ ދެކުނުގެ ސަރަޙައްދުތަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ މޫސުން ބެހިފައި…

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ޖަވާބު ފޮނުވައިފި

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އީރާނުން ދޭ ޖަވާބު ފޮނުވާފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ދިން ޖަވާބު ފޮނުވާފައި…

އޮޑީގެ ކޯޗު ގާސިއާއަށް ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ޙަވާލުކޮށްފި

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި ތަފާތު ދައްކަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ، އެ ޓީމުގެ އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ. މިކަން ހާމަކޮށް އެ ކުލަބުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގަ…

Loading fresh headlines…