Live 10,004 stories Updated May 10, 2026
Showing: PSM
Browse topics PSM

PSM

Live feed

"ކުޑަކުދިންނަށް ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ މުހިއްމު ސިޔާސަތެއް"

ކުޑަކުދިންނަށް ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި ސަރުކާރުން އަބަދުވެސް މަސައްކަތް…

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ. މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ…

މެރިކަލްޗަރ ސްކީމްގެ ދަށުން 480،000 ރުފިޔާ ދޫކޮށްފި

ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިއަމާޒު ހާސިލްކުރުމަށްޓަކައި މެރިކަލްޗަރއަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަ…

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިތަކަށް

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މައި ހަބަކަށް އައްޑޫ ސިޓީ ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އައްޑޫ ބިޒްނަސް ޑައިލޮގް އޮންނާނީ މިމަހުގެ 13 އިން 14 އަށް އައް…

"ކުޑަކުދިންނަށް ޙިމާޔަތް ދޭނަމަ ކުރިމަގަށް ކުރާ އުއްމީދު ޙަޤީޤަތަކަށްވާނެ"

ކުޑަކުދިންނަށް ޙިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއ…

ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް އެދުން މިމަހުގެ 20ގައި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އި…

ކުޑަކުދިންގެ ދުވަހާ ގުޅިގެން ސްކޫލުތަކުގައި ޚާއްޞަ ޙަރަކާތްތަކެއް

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ސްކޫލްތަކުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފިއެވެ. ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުދިންނަށް މަރުޙަބާ ކިޔުމަށްޓަކާ ސްކޫލްތައް ޒީނަތްތެރިކޮށް ތަފާތު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ކުޑަކުދިންގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ތަނަކ…

މެސީގެ ރެކޯޑާއިއެކު އިންޓަރ މަޔާމީ މޮޅުވެއްޖެ

އެމެރިކާގެ މޭޖަރ ލީގުގައި ރޭ ޓޮރޮންޓޯ އެފްސީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެ އެވެ. ރަށުން ބޭރުގައި އިންޓަރ މަޔާމީ ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި އޯލަންޑޯ ސިޓީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުން…

މައްކާ ރޫޓުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ބޭފުޅުން ރާއްޖެއަށް

1447 ވަނަ އަހަރުގެ ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ. މިދިޔަ އަހަރުން ފެށިގެން ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތައް…

"ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުން"

ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުވަނީ ދުވަހުގެ ތަހުނިޔާ ހ…

އައިލެންޑް ރަނަރސް، ތަށި ދިފާއުކޮށްފި

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ އަހަރު އައިލެންޑް ރަނަރސް މޯލްޑިވްސްއިން ހޯދައިފިއެވެ. މިއަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެން އައިލެންޑް ރަނަރސް އިން ވަނީ ޖުމްލަ 97 މެޑަލް ހޯދާފައެވެ. މުބާރާތުގެ…

ދެވަަނަ މޮޅާއެކު ހަނިމާދޫ އެއްވަނައަށް

އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަން ލީގުތަކުގެ ނޯތު ރީޖަންގައި ހދ.ހަނިމާދޫގެ އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ބ.އޭދަފުއްޓާ ވާދަކޮށް، ހަނިމާދޫ މި މެޗު ކާމިޔާބުކޮށްފ…

Loading fresh headlines…