Live 7,881 stories Updated Mar 16, 2026
Showing: PSM
Browse topics PSM

PSM

Live feed

ޢީދު ނަމާދު މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައި، ބޮޑު ޖަމާޢަތް 4 މައިދާނެއްގައި

1447ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދު، މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. މީގެއިތުރުން 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ފަހަކަށް އައިސް ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ރާއްޖޭގެ ހ…

ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ މެނޭޖުކުރަނީ ފުރިހަމައަށް ރާވައިގެން: މަޓާޓޯ

މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު ދިވެހި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މެނޭޖު ކުރަމުންދަނީ ރޭވުންތެރި ކަމާއެކުގައި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގް…

ނިލަންދޫ މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައް…

ވަޒީރު ރާފިއު، ސެ ކުއެޑާ ރަމަޟާން ކަޕުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ގއ. ކޮލަމާފުށީގައި ބާއްވާ ސެ ކުއެޑާ ރަމަޟާން ކަޕް 2026 ގެ ފެށުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޓްރޮފީ ދައްކާލާފައިވާއިރު، ރަސްމީކޮށް ޓްރޮފީ ރިވީލްކޮށްދެއްވީ…

އީރާނުގެ 150އަށްވުރެ ގިނަ ޞިއްޙީ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް

އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި، އީރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި 150އަށް ވުރެ ގިނަ ސިއްޙީ މަރުކަޒަކަށް ގެއްލުންތައް ލިބި، ސިއްޙީ ފަރުވާގެ ނިޒާމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް ބުނެފިއެވެ. އީރާނުގެ ތަސްނީމް ނޫހުން ބުނި ގޮތުގައި، އީރާނުގެ ސިއްޙީ ފަރުވާގެ ވި…

ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމް ޤާއިމްކޮށްފި

ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ބ. ކަމަދޫގައި ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމް ޤާއިމްކޮށް ނިމިއްޖެއެވެ. ސަރުކާރުން ކުރިއަށްގެންދާ ޕްރި ޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން، ބ. ކަމަދޫގައި ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމުގެ މަސަ…

ސަޢުދީން ހަދިޔާކުރި 15 ޓަނުގެ ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް،' ދަޢުވާ އެންޑް ގައިޑެންސްއިން' ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު ރާއްޖޭގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިއެވެ. މި ކަދުރު ރަސްމީކޮށް ޙަވާލު ކުރުމަށް…

"އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ އެތައް ގުނައެއް ޚަރަދު ކުޑަވާނެތީ"

ކައުންސިލް އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ އެތައް ގުނައެއް ޚަރަދު ކުޑަވާނެތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިފަދައިން ވިދާޅުވީ، ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް އަވަސް ކުރުމަ…

މާމިގިލީ ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިމިއްޖެ

އދ. މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 26 ޒުވާން ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ޒުވާނުންނަކީ މިހާރު މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމާއި، ދީނީ އެކިއެކ…

މިއަހަރު މާލޭ ބާޒާރަށް އެންމެ ގިނައިން ތަކެތި ގެނައީ ކާށިދޫއާއި ތޮއްޑޫއިން

މިއަހަރުގެ ރަމަޟާންމަހު މާލޭ ބާޒާރަށް އެންމެ ގިނައިން ތަކެތި ގެނެސްފައިވަނީ ކާށިދޫއާއި ތޮއްޑޫއިން ކަމަށް ބާޒާރުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ބުނެފިއެވެ. މިއަހަރުގެ ރަމަޟާން މަސް ފެށިގެން ނިމެންދާއިރު އާންމުކޮށް ބޭނުންކުރާ ބާވަތްތައް ބާޒާރުގައި ހުސްނުވެ ލިބެން އެބަހުއްޓެވެ. މާލޭ ބާޒާރަށް ކާށިދޫ…

އަމިއްލަ ހާފުގައި ހުރެ ގުލާ ޖެހި ހިތްގައިިމު ލަނޑާއެކު ރެއާލަށް މޮޅެއް

ސްޕެނިޝް ލަލީގާގައި އެލްޗޭގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ރެއާލް މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް ރެއާލް ވަރުގަދަކޮށް ފެނިގެންދިޔަ ނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެލްޗޭއިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނ…

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް ބޮޑު އެހީއެއް

އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި ދިން ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގެ އުފަލުގައި ބައިވެރި ކުރުމަށް އެ ފައިސާ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޙަވާލުކޮށްފިއެވެ. ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ރެޑް ކްރެސެންޓުން ވަނީ، ރާއްޖެއަށް 40،780.44 ޑ…

Loading fresh headlines…