Live 7,894 stories Updated Mar 12, 2026
Showing: PSM
Browse topics PSM

PSM

Live feed

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފްލެޓް ކެޓަގަރީއަށް އިސްލާޙުތަކެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައ…

86،000އަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ފުލުހުންނަށް!

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން ވައްކަމުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގައި 86،000 އަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭ…

އީރާނުގެ ތެލުގެ ސަޕްލައި ހުއްޓުމަކަށް ނާދޭ!

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މުދާ އުފުލުމުގައި ދިމާވެފައިވާ ހުރަސްތަކާއެކު ގަލްފުގެ ގިނަ ޤައުމުތަކުން ތެލާއި ގޭސް އުފައްދާ މިންވަރު ވަރަށް ބޮޑަށް ހިފަހައްޓާފައިވީނަމަވެސް، އީރާނުން ތެޔޮ ސަޕްލައިކޮށްދެމުންދާ ކަމަށް ބުނެފިއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ …

31 ބިދޭސީން ފާސްކޮށް، ޤަވާއިދާ ޚިލާފުވި 2 މީހަކު އިމިގްރޭޝަންގެ ދަށަށް

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައި ފާސްކޮށް، އެތަންތަނަށް ފިޔަވަޅު…

ސްކޭމްތައް މަދުކުރުމަށް ފުލުހުންގެ ބައިނަލްއަޤުވާމީ އޮޕަރޭޝަނެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ކަމަށްވާ "އޮޕަރޭޝަން ފްރޮންޓިއަރ+ III" ރަސްމީކޮށް ފަށައިފިއެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަ…

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދަޢުވާކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލާގައި 8 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، ވީއައިއޭގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގ…

"ޣައްޒާގައި އަންހެނުންނަށް ދިރިއުޅެވޭނެ މާޙައުލެއް ނެތް"

ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ އަންހެނުނަށް ދިރިއުޅެވޭނެ މާޙައުލެއް ނެތް ކަމަށާއި، އެއީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ރާވައިގެން ކުރަމުންދާކަމެއް ކަމަށް ބައިނަލްއަޤުވާމީ ޙައްޤުތަކަށް ވަކާލުކުރާ ޖަމްޢިއްޔާ، އެމްނެސްޓީން ބުނެފިއެވެ. އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ގެދޮރު ދޫކުރު…

ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫޢާއި ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ސިއްހީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ކުޅ…

ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްގެންދާނީ ތަޖުރިބާކާރު ކުންފުންޏަކުން

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ، އެ މަސައްކަތަށް، ޤާބިލު ތަޖުރިބާކާރު ކުންފުންޏެއްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަ…

އީރާނުގެ ރައްދު ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފި

އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިގޮތުން، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިއަ…

ވޯލްޑް ކަޕަށް އަންނަ އީރާން ޓީމަށް ޓްރަމްޕް މަރުޙަބާ ކިޔާނެ: އިންފަންޓީނޯ

އަންނަ ޖޫން މަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އަންނަ އީރާން ޓީމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަރުހަބާ ކިޔާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. އެމެރިކާއާއި އިސްރާޢީލް އިސްވެ އޮވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށިފ…

Loading fresh headlines…