Live 7,896 stories Updated Mar 11, 2026
Showing: PSM
Browse topics PSM

PSM

Live feed

ޗައިނާއާއި އިންޑިޔާ މެދުވެރިކޮށް ބަންގްލަދޭޝްއިން ތެޔޮ ހޯދަނީ

އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ތަފާތު ސަޕްލަޔަރުންގެ އަތުން ތެޔޮ ހޯދުމުގެ މަސައްކަތް ބަންގްލަދޭޝުން ދަނީ ކުރަމުންނެވެ. 175 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ހަކަތައިގެ 95 އިންސައްތަ އުފެއްދުމަށް އެ ޤައުމުން ބަރޯސާ ވަނީ ބޭރު ޤައުމުތަކުން އެތެރ…

ތެލުގެ ޚަރަދު ކުޑަކުރުމަށް ޕާކިސްތާނުން ޚާއްޞަ ފިޔަވަޅުތަކެއް

އީރަން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ލިބުމަށް ދަތިވުމުގެ ނުރައްކާ އޮތް މި ޙާލަތުގައި ޕާކިސްތާނުގައި ހަކަތަ ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ޚާއްޞަ އެމަޖެންސީ ފިޔަވަޅުތަކެއް ތަޢާރަފްކޮށްފިއެވެ. ޕާކިސްތާނަށް ބޭނުންވާ ތެލުގެ 80 އިންސައްތަ ހޯދުމަށް…

ތެލުގެ އަގު އުފުލި، އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކުރަނީ

އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އާދަޔާ ޚިލާފަށް އުފުލި، ވައިގެ ދަތުރުގެ ޚިދުމަތްދޭ އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑު ކުރަން ފަށައިފިއެވެ. މީގެ ކުރިން 85 އެމެރިކާ ޑޮލަރާއި 90 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ ތެލާއި ޖެޓް ފިއުލް ފީފާއެއްގެ އަގު މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރަށް އ…

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި ތެޔޮ ބަންދުކުރާ މިންވަރު ދަށަށް

ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން މެދުއިތުމަތީގައި ތެޔޮ އުފައްދާ މިންވަރު ބޮޑުތަނުން މަދުކުރަން މަޖުބޫރުވެއްޖެއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް…

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑަރ ވޭން ޑަރ ބެލެން އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ …

ޙައްޖު ކޯޕަރޭޝަން: އެންމެ ބޮޑު އިތުބާރަކީ ޔަގީންކަން

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް 500 އެއްހާ މީހުން ކަނޑައެޅިނަމަވެސް، އެކި ސަބަބުތަކާއެކު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރުގެ ރަމަޟާން މަހު 600 އަށްވުރެ ގިނަ މީހުންދަނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުންނެވެ. ޙައްޖު ކޯޕަރޭޝަނުން ޢުމްރާގެ އަޅުކަ…

ގޭސް ލިބުން ދަތިވެ، އިންޑިޔާގެ ހޮޓާ، ރެސްޓޯރަންޓުތައް ބަންދުކުރުމާ ގާތަށް

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ތާށިކަމާއެކު، އިންޑިޔާގައި ގިނަ ހޮޓާތަކާއި ރެސްޓޯރަންޓުތައް ބަންދުކުރަންޖެހިދާނެކަމުގެ އިންޒާރުދީފިއެވެ. ފެބްރުއަރީ 28އިން ފެށިގެން ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދަނީ ހުއްޓު…

ދިގުރަށުގައި ޒަމާނީ ކަރަންޓު ނެޓްވޯކެއް އަޅަނީ

އދ.ދިގުރަށުގައި ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށް، ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. ސްޓެލްކޯއިން ވިދާޅުވީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު އދ.ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން …

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ؛ އީދު ހަވީރު 3 ދުވަހަށް

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއަހަރުގެ ބޮޑުއީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފައިވާ…

ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުނ…

ގަލްފު ޤައުމުތަކުގެ ދިފާޢު ވަރުގަދަކުރަން އޮސްޓްރޭލިޔާގެ އަސްކަރީ އެހީ

މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައިގައި، ގަލްފުގެ ޤައުމުތަކުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް، އަސްކަރީ މަތިންދާބޯޓަކާއި ޒަމާނީ މިސައިލް އޮސްޓްރޭލިޔާއިން ފޯރުކޮށްދޭން ނިންމާފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް ވިދާޅުވެއްޖެއެވެ. ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން، އ…

ޣައްޒާއަށް އެހީއެއް ނުވެއްދޭ، ކާބޯތަކެއްޗާއި ބޭހަށް ޖެހުމުގެ ބިރުވެރިކަމުގައި

އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވައްދާ ހުރިހާ މަގުތަކެއް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ބަންދުކޮށްފައިވާއިރު، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ. ޣައްޒާގައި ކާބޯތަކެތީ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ، ފާއިތުވި މަދު …

Loading fresh headlines…