Live 7,938 stories Updated Feb 27, 2026
Showing: PSM
Browse topics PSM

PSM

Live feed

އައްޑޫގެ ބައެއް އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު …

ސަޕޯޓަރުން މަލާމާތް ކުރާތީވެ ލަންކާ ކެޕްޓަން: ސަރުކާރުން މިކަން ހުއްޓުވައިދީ!

ޓުވެންޓީ20 ކްރިކެޓް މުބާރާތުން ސްރީލަންކާ ކަޓައި ނިއުޒީލޭންޑް ސެމީ ފައިނަލާ ގާތަށް ދަތުރުކުރިއިރު އެންމެ ދެރަވީ ސަޕޯޓަރުން ދިމާކޮށް މަލާމާތް ކުރުމުން ކަމަށް ލަންކާގެ ކެޕްޓަން ދަސުން ޝަނަކާ ބުނެފި އެވެ. އޭނާ ބުނީ ބަލިވާ ކޮންމެ މެޗެއްގައި ދަނޑުބޭރުން އިވެނީ އަޑުއަހަން ބޭނުންނުވާ އަޑުތައް ކަމަށެވެ. …

ނިޒާމީ ބަދަލުތަކާއެކު، އިދާރީދާރާތަކުގެ ހިންގުން ހަރުދަނާވެއްޖެ

އަމާޒަކީ އިދާރީ ދާއިރާތައް ބާރުވެރިވެ ރަށްރަށް ތަރައްގީވެ ރައްޔިތުން ތަހުޒީބުވާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބުކުރުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަސް ފ…

މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިޞްލާޙުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ގޭގައިތިބެގެން މަސައްކަތްކުރުމަށް އެދޭ ޙާލަތްތަކުގައި އެފުރުޞަތު ދޭގޮތަށް ކަނޑައަޅާ ސިވިލް ސަރވިސްގެ ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ …

ފޯޅަވަހި ލިބުން ޙައްޤީ ރާއްޖެއަށް؛ މޮރިޝަސް އެއްބަސްވުން މަޑުޖައްސާލަން ގޮވާލައިފި

ފޯޅަވައްސަށް މޯރިޝަސްއަށް ވުރެ ހައްޤުން ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ. މޮރިޝަސްއަށް ފޯޅަވަހީގެ ޖަޒީރާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމައިވާ މައްސަލާގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދ…

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު އަންނީ ރަނގަޅުވަމުން

މާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ސައިޓެއްގެ ތެރޭގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯއިން ހާމަކޮށްފައިވާގޮތުން މިހާދިސާގައި އަނިޔާވި މުވައްޒަފުވަނީ ބުދަދުވަހުގެ ރޭ ވެންޓިލޭ…

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަންކަމުގެ މަޤާމުން ނަޝްވާ ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ.ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ. ނަޝްވާ ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށ…

ރަޝިޔާގެ ޙަމަލާތަކެއްގައި ޔޫކްރެއިންގެ 20 މީހުން ޒަޚަމު ކޮށްލައިފި

ރަޝިޔާއިން ޔޫކްރެއިންގެ މައި ރަށްތަކަށް އަމާޒުކޮށް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ، ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގެ ރަށްތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލ…

ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިކަން ވަނީ އިއުލާންކުރައްވާފައެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސ…

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ގިރާވަރު ފަޅުން 15 ހެކްޓަރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ. މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމ…

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮކްޓޯބަރުގައި

ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" މިއަހަރުގެ އޮކްޓޯބަރުމަހު ބޭއްވުމަށް ނިންމާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ. މިއަހަރުގެ މިމައުރަޒު ބޭއްވުމަށް…

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޓީމު ސިންގަޕޫރުގައި ކޭމްޕުކުރަނީ

ރާއްޖޭގައި ބާއްވާ 20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޓީމު ސިންގަޕޫރުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ ޒު…

Loading fresh headlines…