Live 7,943 stories Updated Feb 23, 2026
Showing: PSM
Browse topics PSM

PSM

Live feed

ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޖެނީވާއަށް

އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޖެނީވާއަށް ވަޑައިގެންފިއެވެ. ވަޒީރު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައެވެ. ވަޒީރު ޑރ. ޚަލީލް…

މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފެށީ މިދިޔަމަ…

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއަކަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އިޤްތިޞާދީ 3 ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީ…

ދިރާގުގެ އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރގެ މަޤާމަށް ހުޅުވާލައިފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޕަބްލިކް ޑިރެކްޓަރުގެ މަޤާމަކީ، މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ. …

މިދިޔަމަހު ސީ-ޓު-އެއަރ މެދުވެރިކޮށް 140 ޓަނުގެ މުދާ 6 ޤައުމަކަށް

މިއަހަރުގެ ޖަނަވަރީ މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 140 ޓަނުގެ ކާގޯ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 6 ޤައުމަކަށް ފޮނުވާފައިވާ ކާގޯއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމ…

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން!

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން …

ޔޫވީ މޮޅިވިއަނުދީ ބުރުން ހިފަހައްޓައިފި

އެފްއޭއެމް ވެޓެރެންސް ލީގު 2026 ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މޮޅުވާން ދަނިކޮށް ބުރު ސްޕޯޓްސް ކުލަބުން ހިފަހައްޓައިފިއެވެ. މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ބުރުން ގިނައިރު ބޯޅަ ހިފައްޓައިގެން ގިނަ ހަމަލާ އުފެއްދި އިރު ޔޫވީން ވަނީ މެޗ…

ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އަންގައިފި

ބޯފެނާއި ލުއި ބުއިންތައް ހުސްކުރި "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އަންގައިފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް އަންގާފައި މިވަނީ ބާޒާރުގައި ބައެއް ވިޔަފާރިކުރާ ފަރާތްތަކުން އެފަދަ ފުޅީގައި ތަކެތި ބަންދުކޮށ…

ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ

ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ރަމަޟާން މަހާ ދިމާކޮށް ފުލުހުން ދަނީ، މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދަވަމުންނެވެ. ރަމަޟާން މަހަކީ، މާލޭގެ ބައެއް ސ…

ފުރަތަމަ ފަހަރަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ހުކުރުދުވަހު

ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފެށިތާ 31 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހު އެ ސެންޓަރުން ޚިދުމަތްދޭން ފަށައިފިއެވެ. ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވަނީ 1994 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ. ތެލަސީމިއާ ފަރުވާގެ ޚިދުމަތަކީ ތެލަސީމިއާ ހުންނަ ފަރ…

ޕާކު ތަރައްޤީކުރަން ބޭނުންވާ ސާމާނު 14 ރަށަކަށް

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް، 14 ރަށެއްގައި ޕާކު ތަރައްޤީކުރުމަށް ބޭނުންވާ ޕާކް ސެޓުތައް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ. މިމަސައްކަތް ކުރަމުންދަނީ ސިޓީތަކާއި އިދާރީ…

މެދުއިރުމައްޗަކީ ޔަހޫދީންގެ ޙައްޤެއް ކަމަށް ބުނުމުން ޢަރަބިން ނުރުހިއްޖެ

މެދުއިރުމައްޗަށް އަތްގަދަކޮށް، އެ ސަރަޙައްދުގެ ޤައުމުތަކުގެ ބިންތައް ފޭރިގަތުމަކީ ޔަހޫދީ އިސްރާއީލުގެ ޙައްޤެއް ކަމުގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވުމާ ގުޅިގެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ނުރުހުން ފާޅުކޮށް، އެމެރިކާއަށް ފާޑުކިޔަން ފަށައިފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ބިންތ…

Loading fresh headlines…