Live 10,049 stories Updated Apr 16, 2026
Showing: PSM
Browse topics PSM

PSM

Live feed

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފިއެވެ. އެގޮތުން، ބައެއް ވުޒާރާތައް އުވައިލައްވައި، މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައި، ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ…

ކުޅުދުއްފުށީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ. މަރުވެފައިވަނީ ކުޅުދުއްފުށީ، ބަޑިފަސްގަނޑުގެ، އުމުރުން 59އަހަރުގެ ސުލައިމާން ޙުސައިންއެވެ. އޭނާ ނިޔާވެފައިވާކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ފުލުހުން ވިދާޅުވީ އެމީހާ ހޯދުމުގެ މަސައް…

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 7ވަނަ ސީޒަންގެ އޮޑިޝަންތައް ފަށައިފިި

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 7 ވަނަ ސީޒަންގެ އޮޑިޝަންތައް ފަށައިފިިއެވެ. މިފަހަރުގެ މުބާރާތަށްވެސް ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމް ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި މުބާ…

އީރާންގެ ތެޔޮ އުފުލާ ދެ އުޅަނދަކަށް އެމެރިކާއިން ހުރަސްއަޅައިފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އީރާނާ ގުޅުން އޮތް ދެ ތެޔޮ އުފުލާ އުޅަނދަށް އެމެރިކާގެ އަސްކަރިއްޔާއިން ހުރަސްއަޅައިފިއެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާންގެ ބަނދަރުތައް ޙިޞާރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންވުން އެމެރިކާގެ އަސްކަރިއްޔާއިން ތަންފީޒުކުރަން ފަށާފައި ވަނީ …

އެމެރިކާގެ ޢުދުވާނަށް މަގުފަހިކޮށްދިން ޢަރަބި ޤައުމުތަކުން ބަދަލުނަގައިދޭން ހުށަހަޅައިފި

ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައަށް މަގުފަހިކޮށްދީ، ބައިނަލްއަޤުވާމީ އިލްތިޒާމުތަކާ ޚިލާފުވި ކަމުގެ ތުހުމަތުގައި ޢަރަބި ފަސް ޤައުމަކުން ބަދަލު ނަގައިދިނުމަށް އެދި އީރާނުން އެކުވެރި ދައުލަތްތަކުގައި (އދ) ރަސްމީކޮށް އެދިއްޖެއެވެ…

މޯލްޑިވްސް 2.0 ތަންފީޒުކުރުމަށް ޕްރައިވެޓް ސެކްޓަރާއެކު މަޝްވަރާ ބައްދަލުވުމެއް

"މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ނުވަތަ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައިސީޓީ އެކޯސިސްޓަމް ތަރައްޤީކޮށް ފުޅާކުރުމާ ގުޅޭގޮތުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ މައިންޑް…

ގާދޫ ބަންކަރިން ޕޯޓު: ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ މަޝްވަރާކުރަނީ

ލ. ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ސަރަހައްދީ ބަނދަރުތައް ތަރައްގީކ…

ސުލްޙައިގެ ވާހަކަތަކާ ގުޅޭ މަޝްވަރާތަކަށް ޕާކިސްތާންގެ ބޮޑުވަޒީރު ހުޅަނގު އޭޝިޔާއަށް

ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރަކަށް މަގުފަހިކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ތުރުކީވިލާތަށް ކުރައްވ…

ވަޠަނީ ޚިދުމަތުގެ ބިލު ކޮމިޓީއަށް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ވަޠަނީ ޚިދުމަތުގެ ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ. މިއީ ޤަ…

ވެޓެރެންސް ކުޅުންތެރިންނަށް ޙާއްސަ ޑީވީވީއޭގެ މުބާރާތް ނިންމާލައިފި

ވޮލީގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށް މިހާރު ރިޓަޔަރކޮށްފައިވާ ކުޅުންތެރިންނަށް ޙާއްސަކޮށްގެން، ދިވެހި ވެޓެރަންސް ވޮލީބޯލް އެސޯސިއޭޝަން (ޑީވީވީއޭ) އިން ކުރިއަށް ގެންދިޔަ ޑީވީވީއޭ ބޮރާކޭ ކަޕް 2026 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކ…

އަންނަ މަހުގެ 17ގައި މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރު ފަށަނީ

މޯލްޑިވިއަނުން ދަތުރުތައް އަންނަ މަހު އޮސްޓްރޭލިއާއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މުޅިން އަލަށް މޯލްޑިވިއަނުން ފަށާ ދަތުރުތަކެކެވެ. މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ދަތުރުތައް އަންނަ މަހުގެ 17ގައި އޮސްޓްރޭލިއާއަށ…

ކުންމިން ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް!

ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިން ފެއަރގައި ބައިވެރިވާން ބޭނުންވާ ދިވެހި ވިޔަފާރިތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެހެން އަހަރުތަކޭ އެއްފަދައިން 10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި އުފެއްދުންތަ…

Loading fresh headlines…