Live 11,948 stories Updated Sep 14, 2026
Showing: PSM
Browse topics PSM

PSM

Live feed

އޭޓީއެމް ފެއާ މާދަމާ ފަށަނީ، ރާއްޖެއިން ގިނަ ތައްޔާރީތަކެއް

އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއާއަށް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން މިއަހަރުގެ ފެއާގައި ވިސިޓް މޯލްޑިވްސް، ވީއެމްސީއާއެކު ރާއްޖޭގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވާނެއެވެ. ވީއެމްސީއިން މިހާރު ދަނީ ފެއާގެ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރ…

ލުބްނާންގައި ޔަހޫދީން ހިންގާ އުދުވާން: އެއް އަވަށުން 30 އަށްވުރެ ގިނަ ގޮވުން

ޔަހޫދީ ސިފައިން ލުބްނާނުގެ ދެކުނުގެ އަވަށެއް ކަމުގައިވާ އަލް-މަންޞޫރީގެ ރައްޔިތުން ދިރިއުޅޭ ގެދޮރަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެ އަވަށުން 30 އަށްވުރެ ގިނަ ބާރުގަދަ ގޮވުމުގެ ރިޕޯޓުތައް ލިބިފައިވާ ކަމުގައި ލުބްނާންގެ ރަސްމީ ނޫސް އޭޖެންސީ ހާމަކޮށްފިއ…

މިއަދު ކުރި ވިއްސާރައިގައި ފޭދޫގެ، 9 ގެއަކަށް ފެންވަދެ ގެއްލުންވި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުންވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މިއަދުގ…

ސައުދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދިވެހިރާއްޖެ ވަޑައިގަންނަވައިފިއެވެ. ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގަންނަވާފައިވަނީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައިކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަ…

މުޅި ރާއްޖެއަށް މޫސުން ގޯސް، ސާމާލުވޭ!

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މާދަމާ ވެސް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި، ރާއްޖޭގެ ދެކުނުގަ…

ޝަރީޢާ ހަމަތަކާއެއްގޮތަށް ބީއެމްއެލްގެ ލޯނުތަކާއި އެކައުންޓުތަކަށް ބަދަލުތަކެއް

ޝަރީޢާ ހަމަތަކާއެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ލޯނުތަކާއި އެކައުންޓުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. ބީއެމްއެލްއިން މި ބަދަލުތައް ގެނެސްފައިވަނީ އެ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުންނެވެ. އެގޮތުން، މިހާރު ހުޅުވާފައިވާ އެކައުންޓުތަކާއި ލޯނުތައް ޝަރުޢީ ހަމަތަކާ އެ…

ސަޢޫދީއަށް ހަމަލާދޭން ބޭނުންކުރި ސަރަހައްދު ޢިރާޤު ސިފައިންގެ ބާރުގެ ދަށަށް

ސަޢޫދީ ޢަރަބިއްޔާގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މައި 'އީސްޓް-ވެސްޓް' ހޮޅިލައިނަށް އަމާޒުކޮށް ހަމަލާދިނުމަށް ބޭނުންކުރި ޑްރޯންތައް އުދުއްސައިލާފައިވާ ސަރަހައްދު ހޯދައި، ޢިރާޤުގެ ސަލާމަތީ ބާރުގެ ކޮންޓުރޯލުގެ ދަށަށް ގެންގޮސްފިއެވެ. ޢިރާޤުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސަޢު…

"އިސްލާމްދީނަށް ވަފާތެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރަންޖެހޭ"

ދިވެހިރާއްޖެ މިދިޔަ 900 އަހަރުވެސް އޮތްގޮތަށް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރުމަށް ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވާހާއި ގުޅިގެން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ކުރީގެ ރައީސް މަޢުމޫން…

ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސަށް، މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް

69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ. ސައުތު އެފްރިކާގެ ޤާނޫނު ހަދާ މަޖިލީހާއި ސީޕީއޭ ސައުތު އެފްރިކާ ބްރާންޗުން ގުޅިގެން އިންތިޒާމުކުރާ މި އަހަރުގެ …

އިމާމުވެ ނަމާދުކުރާއިރު އިސްކަންދޭންޖެހެނީ ޖަމާޢަތުގެ މަސްލަހަތަށް: ވަޒީރު ޑރ.ޝަހީމް

އިމާމުވެ ނަމާދު ކުރާއިރު އިސްކަންދޭންޖެހޭނީ ޖަމާޢަތުގެ މަސްލަހަތަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާން ޚަޠީބުންގެ މަހ…

"ޒަމާނީ ވަސީލަތްތައް ފައިދާހުރި ގޮތުގައި ބޭނުންކުރަން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ"

ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް …

"9 ޤަރުނު %100 އިސްލާމްކަންމަތީ، އެހެން ޤައުމަކަށް ނުލިބޭ ފަޚުރެއް"

ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި މެސެޖެ…

Loading fresh headlines…