Live 7,984 stories Updated Feb 5, 2026
Showing: PSM
Browse topics PSM

PSM

Live feed

ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރުގެ މަސައްކަތް ފަށަނީ

ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސެންޓަރާއެކު ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކ…

ކުޅިވަރުގެ 879 މަޝްރޫއެއް 12 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް

މިސަރުކާރުން އަންނަނީ ކުޅިވަރުގެ 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށްއެބަދާ ކަމަށާއި، ކުރިޔަށް އޮތް 12 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ކުޅިވަރު…

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމް ސްކޫލިން ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙު ގެންނަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގަ…

ސަރުކާރުގެ ސިޔާސަތަކީ ދުޅަހެޔޮ ސިއްހަތަކަށް ކުޅިވަރުގެ ދައުރު ބޮޑުކުރުން: ރައީސް

މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމުގައި، ކުޅިވަރު އަދާކުރާ ދައުރު ބޮޑުކުރުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. މި އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،…

ރޭސިން އެރީނާގެ ބިން ހިއްކުމުގެ މަސައްކަތް މާރޗު މަހު ފަށަނީ

ރޭސިން އަދި ޑްރިފްޓިންއަށް ޙާއްސަ އެރީނާއެއް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އެރީނާ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާރޗު މަހުގެ ތެރޭގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ. ރައީސް މިކަން އިއުލާނުކުރެއްވ…

"އަތޮޅުތަކުން މަތީ ތަޢުލީމަށް ފުރުޞަތު ފަހިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމު ފިޔަވަޅެއް"

ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް މުޅި ރާއްޖޭގައި މަތީ ތަޢުލީމް ފުޅާކޮށް ކޮންމެ އަތޮޅަކުންވެސް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގައި އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. …

ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ސަރުކާރުން ޖަމާކޮށްދެނީ

ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީ…

ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެ

ކ. ގުޅީފަޅު ކައިރިން ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ މާލެ ސަރަޙައްދުގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ބަންޑުން ޖަހާލީ "ބުލެޓް ސްޕީޑު" ނަމަކަށް ކިޔާ ލޯންޗް ކަމަށެވ…

އިތުރު ދަރަނި ނުނަގައި އެސްޑީއެފްއިން އެކަނި ދަރަނި ދެއްކޭ ގޮތް ހަދައިދޭނަން: ރައީސް

ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކަން ކުރާނީ އެސްޑީއެފް މެދުވެރިކޮށް ދަރަނި ދެއްކޭގޮތަށް ހަމަޖައްސައިގެން ކަމަށް ވިދާޅުވެފައެވެ. އަދުގެ ސަރުކާރު ހަވާލުވިއިރު…

"އެސްޑީއެފްއަށް 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފިން"

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ހަރުދަނާ ސިޔާސަތުތަކާއިއެކު އެސްޑީއެފްއަށް 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި…

"އަމާޒަކީ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރުކުރުން"

ސަރުކާރުގެ މިހާރުގެ އަމާޒަކީ އަދަދު ދެގުނަކޮށް އިޔާދަ ކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙ…

މާލޭ ވިޔަފާރި ބަނދަރު 2027ގެ ނޮވެންބަރުގައި ތިލަފުއްޓަށް ބަދަލުވާނެ: ރައީސް

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ އެކި މަރުޙަލާތަކަށް ކުރިއަށްދާ ބޮޑު މަސައްކަތްތަކެވެ. ރިޔާސީ ބަޔާން އިއް…

Loading fresh headlines…