Live 7,996 stories Updated Feb 4, 2026
Showing: PSM
Browse topics PSM

PSM

Live feed

ރޯދަ އިނާޔަތް ދޭނީ މިމަހުގެ 12 ގައި

1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ ރަމަޟާންމަހުގެ އިނާޔަތު ފައިސާ ސަރުކާރުގެ އޮފީސްތަކުން ދިނުމުގައި ޢަމަލުކު…

ކައުންސިލް އިންތިޚާބަށް އީސީއާއި ފުލުހުންގެ އެއްބަސްވުމެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތާދެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް މުޙައްމަދ…

ދެއްވަދޫއިން ފުރަތަމަ ފަހަރަށް ޒޯން ތަށި އުފުލާލައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. ދެއްވަދޫއިން ފުރަތަމަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ. ދެއްވަދޫއިން މި ކާމިޔާބީ ހޯދީ މި އަހަރުގެ މުބާރާތުގެ ޒޯން 7 ގެ ފައިނަލުގައި ސ. ހިތަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލުގައި ހިތަދޫގެ މައްޗަށް ދެއްވަދޫއިން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

ނައިވާދޫ، ދުވާފަރު އަދި މަތިވެރިއަށް ވެސް ޒޯން ޗެމްޕިއަންކަން

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގައި، ހދ. ނައިވާދޫ، ރ. ދުވާފަރު އަދި އއ. މަތިވެރިން އެ ޓީމުތައް ނިސްބަތްވާ ޒޯންތަކުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ނައިވައިދޫއިން ޒޯން ޗެމްޕިއަންކަން ހޯދީ ޒޯން އެކެއްގެ ފައިނަލުގައި 6-1 އިން ހއ. މާރަންދޫ ބަލިކޮށްގެންނެވެ. މެޗުގައި ނައިވައިދޫގެ ލަނޑުތ…

ކާމީޔާބީގެ މައިގަނޑު ސަބަބަކީ ޓީމުގެ ބަދަހިކަން: އިމްރާން

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކާމީޔާބީގެ އެންމެ މައިގަނޑު ސަބަބަކީ ޗައިނާއިން ފެށިގެން ވަރަށް ބޮޑަށް ޓީމު އެކުލަވާލާ ޓީމު ވޯކް ރަނގަޅުކުރެވުން ކަމަށް ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ. ގައުމީ ފުޓްސަލް ޓީމާއި އެކު ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ހާއްސަ ޕްރޮގްރާމެއްގައ…

ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސް ކުރާ މަރުކަޒު، ޝައިޚް ނާޒިލް އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުއްވައިފިއެވެ. މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ވަޤްފު ފަންޑާއި އާންމުންގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރި މަރުކަޒެކެވެ. މި މަރުކަޒު ބިނާކުރުމަށް އިސްލާމިކް ވަޤްފު ފަ…

އެމެރިކާއާއެކު މަޝްވަރާ ފެށުމަށް އީރާނުގެ ރައީސް އަމުރު ކުރައްވައިފި

އެމެރިކާއާއެކު "އިންސާފުވެރި އަދި ހަމަހަމަ" މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވުމަށް އީރާނުގެ ޚާރިޖީ ވުޒާރާއަށް އަމުރު ކުރައްވާފައިވާނެ ކަން އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކޮންމެވެ…

ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސަށް މަޖިލީހުގެ ނައިބުރައީސް ޕާކިސްތާނަށް

7 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2ވަނަ ސީޕީއޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ޕާކިސްތާނުގެ ކަރާޗީއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރ…

ސްޕެޝަލް އެންވޯއީގެ މަޤާމުން ރައީސް ޑރ.ވަޙީދު އިސްތިޢުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙ…

ޚިދުމަތް އަވަސްކުރަން "ޒަކާތް އަސްނާފު ކާޑު" އިފްތިތާޙުކޮށްފި

ޒަކާތުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް، އަވަސްކުރުމަށް "ޒަކާތް އަސްނާފު ކާޑު" އިފުތިތާހުކޮށްފިއެވެ. "ޒަކާތު އަސްނާފު ކާޑު" އިފުތިތާހުކުރީ ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ…

ރަފަޙް ހުރަސް ހުޅުވުމުން ޣައްޒާއިން ނިކުމެވުނީ އެންމެ ފަސް ބަލިމީހުންނަށް

ފަލަސްޠީނުގެ ޣައްޒާއާއި މިޞްރު ގުޅައިދޭ ސަރަޙައްދީ ރޮނގުގައި އޮތް ރަފަޙް ހުރަސް ހުޅުވައިލާފައިވީ ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް އެ ސަހަރުން ބޭރަށް ދަތުރު ކުރުމަށް ޔަހޫދީން ހުރަސް އަޅަމުން އެބަދެއެވެ. 18 ވަރަކަށް މަހަށް ފަހު ޔަހޫދީ ފައުޖުން ރަފަޙް ހުރަސް "ނަމެއްގައި" ހުޅުވައިލާފައި ވަނީ ފެބުރުވަރީ…

ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް ޚާއްޞަ ވޯކްޝޮޕެއް

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޯޕަރޭޝަން، މައިންޑްކޯއިން "ކޯ-ކްރިއޭޓިންގ ޕިލަރ 6" ގެ ނަމުގައި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ، "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް"ގެ ދަށުން، ރައްޔިތުންނަށް ފަސޭހަ އަދި ވިޔަފާރިތަކާ ރައްޓެހި ޑިޖިޓަލް ޚ…

Loading fresh headlines…