Live 10,092 stories Updated Mar 31, 2026
Showing: PSM
Browse topics PSM

PSM

Live feed

އީރާނަށް ޙަމަލާދޭން ސްޕެއިންގެ ވައިގެ ސަރަޙައްދު ނުދިން

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނަށް ވައިގެ ޙަމަލާތައް ދިނުމަށް ސްޕެއިންގެ ވައިގެ ސަރަޙައްދު ބޭނުންކުރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް މަނާކޮށްފައިވާ ކަމަށް ސްޕެއިންގެ ދިފާޢީ ވަޒީރު މާގަރީޓާ ރޯބްލްސް ވިދާޅުވެއްޖެއެވެ. ރޯބްލްސް ނޫސްވެރިންނަށް ވިދާޅުވީ، ސްޕެއ…

އެމެރިކާގެ އިތުރު ސިފައިން މެދުއިރުމައްޗަށް، ޙޫޘީންގެ އިތުރު ޙަމަލާއެއް

އީރާނާ ދެކޮޅަށް ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި އީރާނަށް ވާގިވެރިވުމުގެ ގޮތުން ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ޞަހްޔޫނީންނަށް އަމާޒުކޮށް ދެވަނަ ފަހަރަށް ޙަމަލާދީފިއެވެ. މެދުއިރުމަތީ ހަނގުރާމައިގައި ޙޫޘީން ބައިވެރިވާން ފެށީ މާރިޗު 28 ވަނަ ދުވަހުއެވެ…

ޙިޒްބުﷲގެ ރޮކެޓުތައް ހުއްޓުވަން ޔަހޫދީން ނުކުޅެދިފައި

ޞަހްޔޫނީ އިސްތިޢުމާރީ ލަޝްކަރަށް އަމާޒުކޮށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ދެމުންގެންދާ ވަރުގަދަ ރޮކެޓް ޙަމަލާތަކުގެ ކުރިމަތީގައި ނުކުޅެދި، ޔަހޫދީން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާކަން ހާމަވަމުންދަނިކޮށް، ލުބުނާނުގެ ދެކުނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅ…

އޯއޭސީޕީއެސްގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް، އޯއޭސީޕީއެސް ގައުމުތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ސަމިޓު ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 27 އިން 29އަށް އިކުއޭޓޯރިއަލް ގިނީގެ މަލާބޯގައެވެ. މި ސަމިޓުގައި ރާއްޖެއިން …

ޓިކެޓު އަގުބޮޑުވުމުން އެއާލައިންތައް އުނދަގޫ ޙަލާތަކަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލުގެ ސަޕްލައި އިންތިހާއަށް ތާށިވެ، އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބައިނަލްއަޤުވާމީ ގިނަ އެއާލައިންތަކުން ޓިކެޓުގެ އަގުތައް ބޮޑުކުރުމުން، ދަތުރުކުރާ މީހުން އަދަދު މަދުވާނެކަމަށް ލަފާކުރެވޭތީ، އެއާލައިންތަކަށް ގެއްލުމާ ކުރިމަތިލާންޖެހިދާނެކަމުގ…

"ޓިމޯ ލެސްޓޭ ނުކުންނާނީ 3 ވަނަ ދިފާއުކުރަން"

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް މިި ނިކުންނަނީ 3 ވަނަ ދިފާއުކުރަން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ޓިމޯ ލެސްޓޭގެ ކެޕްޓަން، ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ބުނެފިއެވެ. ފީފާ ރޭންކިންގެ 179 ވަނައިގައި އޮތް ޓިމޯ ލެސްޓޭއިން ކޮލިފައިންގައި ނިކުންނަ ފަހު މެޗުގެ ކުރިނ…

ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔެވުމަށް ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް

ހައި އެޗީވަރސް ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމައިފިއެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ، ހައި އެޗީވަރސް ސްކޮލަރޝިޕާއި މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ …

ހަނގުރާމައިގެ ސަބަބުން ހޭންޑުބޯޅަ ކޯޓުގެ މަސައްކަތަށް ދަތިތަކެއް

ގްރައުންޑް މަސައްކަތްތަކުގެ ތެރެއިން އަޅަންޖެހޭ ދަނގަނޑުތައް އަޅާ ކޮންކްރިޓްގެ މަސައްކަތް ފެށިއިރު މި މަސައްކަތަށް ހަނގުރާމައިގެން ސަބަބުން ތާށިކަމެއް އެބައުޅޭ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ. މުޖޭ ވިދާޅުވީ އެސްޓީއޯއިން ސިމެންތި އާއި ވެލި ލިބުމުގައިވ…

އޮޅުވާލައިގެން ފައިސާ ނެގި މައްސަލާގައި ކިންގްސްޓަނަށް ދައުވާ ކުރަނީ

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ކިންގްސްޓަން ކުންފުނީގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ. ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު، މި މައްސަލާގައި ދައު…

ކުނި މެނޭޖުކުރުމުގެ 3 ޤަވާއިދެއް އާއްމުކުރަނީ

ކުނި މެނޭޖު ކުރުމުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް 3 ޤަވާއިދެއް އެކުލަވާލާ، 2 މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކޮށް ޢަމަލުކުރަން ފަށާނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިހާރު ކުރަމުންދަނީ މި ޤަވާއިދުތައް އެކުލަވާލުމުގެ އެން…

މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވަނީ، ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސ…

Loading fresh headlines…