Live 8,014 stories Updated Feb 2, 2026
Showing: PSM
Browse topics PSM

PSM

Live feed

އިގްތިސާދީ 3 ދާއިރާއަކުން ލަފާދޭ ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިގްތިސާދީ 3 ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް …

ކައުންސިލް އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކައުންސިލާއި އަންހެނުންގެ ކޮމިޓ…

އެމެރިކާއިން ޙަމަލާދީފިނަމަ ވަރުގަދަ ކުރިމަތިލުމަކަށް ދާނެ: އީރާން

އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، ހަމަނުޖެހުންތައް އެހެން ޤައުމުތަކަށް ފެތުރި، ސަރަޙައްދީ ވަރުގަދަ ކުރިމަތިލުންތަކަށް ބަދަލުވާނެކަމުގެ އިންޒާރު، އީރާންގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީ ދެއްވައިފިއެވެ. އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް …

ޕާކިސްތާނުން އިންޑިޔާ މެޗު ބޮއިކޮޓް ކޮށްފި

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗު ނުކުޅެން ނިންމައި އެކަން ޕާކިސްތާން ސަރުކާރުން އިއުލާނު ކޮށްފި އެވެ. ކްރިކެޓްގެ ގަދަ ބާރެއް ކަމުގައިވާ ޕާކިސްތާން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް މިރޭ ނެރުނު ބަޔާނުގައިވަނީ އިންޑިޔާ އާއި ސްރީލަންކާގައި އަންނަ ހޮނިހިރު …

އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކުރަން އިމްޕޯޓު ޑިޔުޓީއަށް ބޮޑެތި ލުއިތަކެއް

އިންޑިއާގައި އުފެއްދުންތެރިކަން އިތުރުކުރަން، މުދާ އުފެއްދުމުގައި ބޭނުންކުރާ ހަރުމުދަލާއި އެހެނިހެން ސާމާނުން އިމްޕޯޓް ޑިޔުޓީއަށް ބޮޑެތި ލުއިތަކެއް ދީފިއެވެ. އިންޑިއާއިން އެކްސްޕޯޓުކުރާ މުދަލުގެ އަގު 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް ގެންދަން ސަރުކާރުން ހިފާފައިވާ ޢަމާޒަށް ވާޞިލްވުމަށްޓަކައި، ކަސްޓަމް…

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕް: އިޔަން ދެވަނަ ބުރަށް

މޮރޮކޯގައި ކުރިޔަށްދާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އެތުލީޓު އިޔަން އަހުމަދު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އޯޕަނިން ރައުންޑްގައި ވާދަކޮށް އިޔަން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. އޭނާ ވަނީ ފުރަތަމަ ބުރުގެ ދެވަނަ ހޯދާފައެވެ. ޖޫނިއަރ މެންސް ޑިވިޝަންގެ ފު…

ޕްލޭއޮފް ރާވާފައި އޮތްގޮތް ކަމަކުނުދޭ: އާތިފް

ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާން އޮންނަ ޕްލޭއޮފް މެޗުތައް ހަމަޖެހިފައިވާ ގޮތް "އެއްގޮތަކަށް ވެސް ކަމުނުދާ" ކަމަށް، ލީގު ޕްލޭއޮފްގައި ކުޅެންޖެހޭނެކަން ކަށަވަރުވެފައިވާ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ. 2026/2027ގެ ޕްރިމިއަ ލީގުގައި ހިމެނޭ ޓީމުތައް ކަނޑައަޅާ ފޯމެޓަށ…

ޗެންޕިއަންކަން ކަށަވަރުވިޔަސް، ހުރިހާ މެޗެއް ކާމިޔާބުކުރަން ބޭނުން: ހެނާންޑޭޒް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޗެންޕިއަންކަން ކަށަވަރުވިޔަސް މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. އެންމެފަހުން ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗު ދިޔައީ އެއްވެސް ޕްރެޝަރެއް ނެތި ރަނގަޅަށް ކަމަށް ހެނާން…

ފުޓްސަލް ޓީމަށް އެސްޓީއޯއިން 1 ލައްކަ

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ބޭއްވި ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަތްދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ. ޓީމުގެ ޝަރަފުގައި ބޭއްވި މި ހަފްލާ އޮތީ އެސްޓީއޯގެ ހެޑް އޮފީހު…

ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން

މިނިމުނު ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު ރާއްޖެއަށް ވަނީ 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް އައިސްފައިވަނީ 214,863 ފަތުރުވެރިންނެވެ. އެހެ…

އެޗްޑީސީގެ ރިހި ޔޫބީލް: މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް

ހައުސިިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ. ރިހި ޔޫބީލް ފާހަގަކުރުމަށް އެޗްޑީސީން ވަނީ ޚާއްސަ ކެމްޕޭނެއްވެސް ފަށައިފައެވެ. މި ކެމްޕޭން ފައްޓަވައިދެއްވީ އެޗްޑީސީގައި ބޭއްވި ޚާ…

ބާޒާރުމަތީ މަގުގައި ތާރުއަޅަން ތައްޔާރުވަނީ

މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ތާރު އެޅުމުގެ ތައްޔާރީތައް މި ހަފުތާތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މަޝްރޫޢުގެ ކޮންޓްރެއްކްޓަރ އެމްޓީސީސީން ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާއި އެއްގޮތަށް ބާރަށް ކުރިއ…

Loading fresh headlines…