Live 8,014 stories Updated Feb 1, 2026
Showing: PSM
Browse topics PSM

PSM

Live feed

ގޯލްޑަން ފުޓްސަލް ޒޯން 2: ދުވާފަރާއެކު ކަނޑިތީމުވެސް ގަދަ 16އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 2 އިން ގަދަ 16 ގެ ޖާގަތައް ރ. ދުވާފަރާއި ށ. ކަނޑިތީމުން ހޯދައިފިއެވެ. ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުތަކުން މި ދެ ޓީމު ވެސް މޮޅުވެފައިވާއިރު ކަނޑިތީމުން ވަނީ ށ. ފޯކައިދޫގެ މައްޗަށް 2-4 އިން ކުރިހޯދާފައެވެ. މެޗުގައި ކަނޑިތީމުގެ ލަނޑުތައް ޖަހައިދ…

ޤައުމީ ފުޓްސަލް ޓީމަށް ޕީއެސްއެމް އިން ކުލަގަދަ މަރުޙަބާއެއް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރާއްޖެއަށް ތަށި ގެނެސްދިން ގައުމީ ފުޓްސަލް ޓީމަށް ޕަބްލިކް ސާވިސް މީޑިއާއިން ރަތް ދޫލައިގައި ކުލަގަދަ މަރްހަބާއެއް ކިޔައިފިއެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަ މަރްހަބާ ކިއުމުގެ އިވެން…

އަވަސް އެޕް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ރާމީ ރިއްފަތު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އަވަސް އެޕުން ކުރިއަށް ގެންދިޔަ 'ރައިޑް އެންޑް ވިން' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ. ރޭ ޕީއެސްއެމްގެ ގޯތިތެރޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ރާމީ ރިފަތެވެ. މި ޕްރޮމޯޝަންގެ…

ފޭކް ސްލިޕް ފޮނުވައިގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް އޮޅުވާލައިގެން ސައްހަނޫން ޕޭމަންޓް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި ފައިންސް، އުމުރުން 33 އަހަރުގެ ޙަސަން މޫސާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމ…

މެލޭޝިޔާ ކައިރިން 130 މިލިޔަން ޑޮލަރުގެ ތެޔޮ އަތުލައިގަނެފި

މެލޭޝިޔާގެ އައްސޭރިފަށުގެ ސަރަޙައްދެއްގައި ނުޤަވާޢިދުން އެއް އުޅަނދުން އެހެން އުޅަނދަކަށް ސާފުނުކުރާ ތެޔޮ ބަރުކުރަމުން ދަނިކޮށް، އެ ކަން ހުއްޓުވައި، ތެޔޮ އަތުލައިގަނެފިއެވެ. މެލޭޝިޔާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ، މެރިޓައިމް އެންފޯސްމެންޓް އޭޖެންސީން ބުނީ، އެ އިދާރާއިން އަތުލައިގަނެފައިވާ ތެލުގެ …

ތިލަފުށީގައި މަރުވި ބިދޭސީ މީހާގެ މައްސަލާގައި ލަންކާ މީހަކު ހައްޔަރުކޮށްފި

ތިލަފުށީ ވެމްކޯ ސައިޓުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ލަންކާއަށް ނިސްބަތްވާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވަނީ ބަންގްލަދޭޝްގެ އަމީން މިއާ މަރުވި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ބައެއް ތަފްސީލް ޙިއްސާކުރައްވާފައެވެ. ފުލުހުން ވިދާޅުވީ، އަމީން މިއާ މަ…

"ޤައުމީ ބޭންކުގެ އަސްލު މަގާމަށް ބީއެމްއެލް މިހާރުމިވަނީ ރުޖޫއަވެފައި"

ބޭންކް އޮފް މޯލްޑިވްސް ޤައުމީ ބޭންކުގެ އަސްލު މަގާމަށް ރުޖޫއަވެފައިވާ ކަމަށާއި، އެ ބޭންކަކީ މިހާރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބީއެމްއެލް ކުޑަހުވަދޫ ބުރާން…

މަރާމާތަށް ފަހު ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރަމަޟާންމަހުގެ ކުރިން ހުޅުވާލަން މަސައްކަތްކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީން ވިދާޅުވެއްޖެއެވެ. މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާނެވެސް ވަނީ ބަންދުކޮށްފައެވެ.…

ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގައިފި

އައު ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގައިފިއެވެ. ގުރުއަތު ނެގުން 14 ގަޑިއިރަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު އަލުން ނަގާފައިވަނީ ގިރާވަރުފަޅުގެ އައު ލޭނ…

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތައް 2028ގައި ނިންމައި ހަވާލުކުރަނީ

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ދ. ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުުވައި ޚިދު…

އަނެއްކާވެސް ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް، 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 21 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެ…

ފިއޮރެންޓީނާ ބަލިކޮށް ނަޕޯލީ ތިންވަނައަށް

އިޓާލިއަން ލީގުގައި ފިޔޮރެންޓީނާގެ މައްޗަށް ހޯދި މޮޅާއެކު ނަޕޯލީން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ނަޕޯލީގެ ސްޓޭޑިއޯ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ނަޕޯލީ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ނަޕޯލީން ގިނަވަގުތު ބޯޅަ ހިފަހައްޓައިން މޮޅަށް ކުޅުނު މި މެޗުގެ ވަރަށ…

Loading fresh headlines…