Live 8,024 stories Updated Jan 31, 2026
Showing: PSM
Browse topics PSM

PSM

Live feed

ޔަހޫދީން ޝަހީދުކޮށްލި 15 މީހެއްގެ ހަށިގަނޑު ޢާއިލާތަކާ ޙަވާލުކޮށްފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ 15 މީހެއްގެ ހަށިގަނޑު، އެ މީހުންގެ ޢާއިލާތަކާ ޙަވާލުކޮށްފިއެވެ. ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީ ސިފައިން ހައްޔަރު ކޮށްގެން ގެންގޮސް، އަނިޔާކޮށް ޝަހީދު ކޮށްލާފައިވާ 15 މީހެއްގެ ހަށިގަނޑު،…

ރަން ކާމިޔާބީ ހޯދައިދިން މޭސްތިރި، ފާރޫކް އެނބުރި ޤައުމަށް

ދިވެހިރާއްޖެއަށް ފުޓްސަލްގައި ފުރަތަމަ ފަހަރަށް މެޑަލްއެއް ހޯދައިދީ، ސަރަހައްދީ ފުޓްސަލްގެ ރަސްކަމުގެ ތަހުތަށް އިސްކުރުމުގެ މޭސްތިރި، އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް އެނބުރި ޤައުމަށް ގޮސްފިއެވެ. ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމާ ފާރޫކް ހަވާލުވީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މ…

"އުނގެނުމުގެ މަގަކީ، ސުވަރުގެއަށް މަގު ފަހިކޮށްދޭ، މަތިވެރި ޖިހާދެއް"

އުނގެނުމުގެ މަގަކީ، ދިގު އަދި ބުރަ މަސައްކަތެއް ނަމަވެސް އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ހުކުރު ޚުތުބާގެ މިއަދުގެ މައުޞޫއަކީ "ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!"އެވެ. މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ…

ބާޒާރުމަތީ މަގުތައް ރޯދައިގެ ކުރިން ނިންމާލެވޭނެ: އެމްޓީސީސީ

މާލޭގެ ބާޒާރުމަތީ ސަރަހައްދު ނުވަތަ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 2 ގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ދެއްވައިފިއެވެ. އެމްޓީސީސީއިން ވިދާޅުވީ، ބާޒާރުމަތީ މަގުތައް ތަ…

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ފެބުރުވަރީގެ ނިޔަލަށް ނިންމަނީ

ވެލިދޫގައި ހިއްކަމުންދާ ސަރަޙައްދުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ވެލިދޫގެ ހިއްކާ ސަރަޙައްދަކީ އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ޚާއްސަކޮށް ހިއްކަމުންދާ ސަރަޙައްދެކެވެ. ވެލިދޫގައި ބިން…

ބޮޑެތި އިންވެސްޓްމެންޓުތަކަށް ރާއްޖޭގައި އޮތީ ފަހި މާހައުލެއް: އައިލާގެ ސީއީއޯ

ސަރުކާރާއެކު ގުޅިގެން ކުރެވުނު މަސައްކަތުން ރާއްޖެއަކީ ބޮޑެތި އިންވެސްޓްމެންޓުތަކަށް ފަހި މާހައުލެއް އޮތް ތަނެއްކަން އެނގިގެން ހިންގައްޖެ ކަމަށާއި ރާއްޖޭގެ އިންވެސްޓްމެންޓް މާހައުލަށް އިތުރުބާރު އުފެދިފައިވާ ކަމަށް އައިލާ މޯލްޑިވްސް މަޝްރޫޢު ސީއީއޯ ޕެޓަރ ކަރސްޓިޗް ވިދާޅުވެއްޖެއެވެ. ނ. އަތޮޅުގެ ދެކެ…

ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ" ސްކޫލުތަކުގައި ފަށަނީ

ސްކޫލްތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ" ކުރިއަށް ގެންދިޔުމަށްޓަކައި ސްކޫލްތަކުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ތަޢުލީމީ ވުޒާރާއިން އަންގަވައިފިއެވެ. ހުރިހާ ސްކޫލްތަކަށް ތަޢުލީމީ ވުޒާރާއިން ފޮނުވާފައިވާ ސަރކިއުލާގައި ވާގޮތުން މި ޕްރޮގްރާމަކީ ވަކި ތީމްތ…

ސަރުކާރުން ގެންނަ އިންޤިލާބީ ބަދަލުތަކާއެކު ޞިއްޙީ ދާއިރާއަށް އައު އުއްމީދެއް

ޤައުމެއްގެ ކުރިއެރުމާއި، ތަރައްޤީގެ އެންމެ މުހިންމު ބިންގަލަކީ އެ ޤައުމެއްގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމެވެ. ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުނުކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ. ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މި ޚިދުމަ…

ރާއްޖެއަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 200،000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 200،801 ފަތުރުވެރިން އައިސްފައިވާއިރު، …

ނިމުނު ހަފުތާ: ތަރައްޤީގެ މަޝްރޫޢުތަކާއެކު އައު އުއްމީދުތަކެއް

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން (ޖަނަވަރީ 27) ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރަ…

އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ހުޅުވާލައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ. މިއީ 2026-2027 ވަނަ އަހަރަށް ބޯޑަށް އިންތިޚާބުކުރާ މަޤާމެކެވެ. އެސްޓީއޯއިން ނެރުނު އިޢުލާނެއްގައި ވިދާޅުވީ، މި…

ގޯލްޑަން ފުޓްސަލް: މާޅެންދޫއާއި ދުވާފަރަށް މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 2 ގައި މާޅެންދޫއާއި ދުވާފަރުން ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ. މުބާރާތުގައި މާޅެންދޫއިން ބުރާސްފަތި ދުވަހުގެރޭ ނ. މާޅެންދޫއިން ށ. ފޯކައިދޫގެ މައްޗަށް ކުރިހޯދީ 1-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޅެންދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފަރުހާނާއި އަލީ ފާރިޝ…

Loading fresh headlines…