Live 13,988 stories Updated Oct 28, 2026
Showing: PSM
Browse topics PSM

PSM

Live feed

މެޗަކުން ބަލިނުވެ ވެމްކޯއިން ޤައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފި

ސައްތައިން ސައްތަ ރެކޯޑާއެކު، ކުލަބް ވެމްކޯއިން ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ވެމްކޯއިން ޤައުމީ ލީގުގެ ފަހު މެޗުގައި ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ފ…

ފަލަސްޠީނު ޓީމަށް ގުރައިދޫން ހޫނު މަރުހަބާއެއް!

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކ. ގުރައިދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އަންގާރަދުވަހުގެ މެންދުރުވަގުތެއްގައި ޓީމު މާލެ އައުމަށްފަހު، ޓީމު ކޭމްޕްކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށްވަނ…

ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރާ ގެތައް އަންނަމަހު އިންސްޕެކްޓްކުރަނީ

ވިޔަފާރި އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، އިންސްޕެކްޝަން ހެދުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ. އެމްއެފްޑީއޭއިން ވިދާޅުވީ އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ…

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖެ އަތުވެއްޖެ

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ރާއްޖެ އަތުވެއްޖެއެވެ. ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން އެޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިއުމަށްޓަކައި ތަމްރީނު ކޭމްޕެއް ބޭއްވުމަށް ކުރާ ދަތުރެކެވެ. ފަލަ…

ޔޫތު އޮލިމްޕިކްސްއަށް ލޫތާއި ތަޒްކިޔާ ސެނެގާލަށް

ސެނެގާލުގައި މި މަހު ފަށާ ޔޫތު އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ ދެ ފެތުންތެރިން، ލޫތު މުހައްމަދު ހުސެއިންއާއި އަމްނާ ތަޒްކިޔާ މިރުޝާދު ސެނެގާލަށް ފުރައިފިއެވެ. މި މަހު 31 އިން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަސް ކުރިއަށްދާ ޔޫތު އޮލިމްޕިކްސް މުބާރާތް މި ފަހަރު ކުރިއަށްދާނީ ސެނެގާލުގެ ޑަކާގަ…

ސިފައިންނަށް ބޯހިޔާވަހިކަން ފަހިކުރަން ބަނޑޭރިކޮށި ތަރައްޤީކުރަނީ

ޚިދުމަތުގައި ތިބޭ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ސިފައިންނަކީ ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް އާއިލާއާ ދުރުގައި ރެޔާއި ދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަ…

ބަހުސްކުރުމުގެ ކުރިން ޤަރާރު ބަލައިގަންނަން ވޯޓަށް އަހަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ޤަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ ޤަރާރު ބާތިލުވާގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ. މިި ބަދަލުތައް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޤަވާއިދުގެ 191 ވަނ…

ބޮޑު ބަޔަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށަށް

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ދުންފުހުގެ އަސަރު ދަނީ ކުރަމުންނެވެ. ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ދުންފުހުގެ އަސަރުކުރަނީ، ކައިރި ޤައުމުތ…

ދިގު ދަތުރަކަށްފަހު ޤައުމީ ޓީމު އިންޑޮނީޝިއާއަށް

އިންޑޮނީޝިއާގެ ޔޮގްޔަކާޓާއަށް އައުމަށް ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުން ފެށި ދިގު ދަތުރަށްފަހު، މި ދަތުރުގައި މަޑުކުރުމަށް ކަނޑައަޅާފައިވާ ހޮޓަލުގައި ކޭމްޕުކޮށްފިއެވެ. ހަތް ދުވަހުގެ މި ދަތުރަށް ޤައުމީ ޓީމުން މާލެއިން ހުރިހާ ކުޅުންތެރިން އެއްކޮށް ބަހުގައި ދަތުރުފެށީ ހޯމަ ދުވަހުގެ ހެނދުނު 09:0…

ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ގދ.ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ސްޓެލްކޯއިން ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ސިޓީގައި ވަނީ، ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ…

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްއެމްބީސީއިން ވިދާޅުވެއްޖެއެވެ. ކުރިން އެކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމ…

ހަކަތައިގެ ވަސީލަތްތައް ހިމާޔަތްކުރަން އަލްޖީރިއާގެ ސިފައިން ނައިޖާއަށް ފޮނުވަނީ

ނައިޖާގައި ހުރި އަލްޖީރިއާގެ ހަކަތަ އާއި އިޤްތިޞާދީ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް، އަލްޖީރިއާގެ ސިފައިން ނައިޖާއަށް ފޮނުވުމަށް ނިންމައިފިއެވެ. މިއީ 1973 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު، ޤައުމުން ބޭރަށް އަލްޖީރިއާއިން ސިފައިން ފޮނުވާ ފުރަތަމަ ފަހަރެވެ. އަލްޖީރިއާގެ ރިޔާސީ ގަނޑުވަރުން މަޢ…

Loading fresh headlines…