Live 8,031 stories Updated Jan 24, 2026
Showing: PSM
Browse topics PSM

PSM

Live feed

އަގުތައް ކަނޑައަޅަނީ ވިޔަފާރި އުސޫލަށްވުރެ ރައްޔިތުންނަށް ލުއިވާނެގޮތަށް: މޯލްޑިވިއަން

އެތެރޭގެ އުދުހުންތަކަށް ޓިކެޓުގެ އަގުތައް ކަނޑައަޅަނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުއިލިބޭނެ ގޮތަށްކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ. އިޔާސް މިހެން ވިދާޅުވީ، ނ. ވެލިދޫގައި ސީޕްލޭން ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގ…

ޕާކިސްތާން ބަލިކޮށް ޗެމްޕިއަންކަމާ ގާތަަށް ބަންގްލަދޭޝް ޖެހިލައިފި

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ތަފާތުބޮޑުކޮށް ބަލިކޮށް ޗެމްޕިއަންކަމާއި ގާތަށް ބަންގްލަދޭޝް ޖެހިލައިފިއެވެ. ބަންގްލަދޭޝް މިމެޗު ކާމިޔާބުކުރީ 9-1 އިންނެވެ. މިނަތީޖާ އާއެކު ބަންގްލަދޭޝްއަށް މިހާރު މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރުމަށް ބޭނުންވަނީ ފަހު މެޗުން މޮޅެކެވެ. އެއީ ދިވ…

"ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރަން 5 ބިލިޔަން ރުފިޔާގެ މަސައްކަތް"

ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް އެކި މަރުހަލާތަކުގައި 5 ބިލިޔަން ރުފިޔާގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް ގިނަ މަޝްރޫޢުތަކެއް އަތ…

"ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތު"

ތަރައްޤީގެގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑުގެ މަގުން ކުރާ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަކީ މުހިންމުކަމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ ނ. ވެލިދުއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޙިދ…

ސީޕްލޭނާއެކު ވެލިދޫގެ ފަތުރުވެރިކަމާއި ވިޔަފާރި ކުރިއަރާނެ

ނ. ވެލިދޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ކުރިއަށްގެންދިއުމަށް ހުޅުވިގެންދިޔަ މަގެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ނ. ވެލިދޫއަށް ސީޕްލޭންގެ…

ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

މިލަދުންމަޑުލު ދެކުނުބުރީގެ ވެލިދޫއަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދެކެވެ. ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތަށް ފެށުމަށް ވެލިދޫގައި އެކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. …

ޔޫކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އަދިވެސް ދެބަސްވުން

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ސަރުކާރުގެ މަންދޫބުންނާއި ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން އާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނުނަމަވެސް، ދާޢިމީކޮށް ސުލްޙަ ޤާއިމުކުރެވޭނީ ސަރަޙައްދު ވަކިކުރުމާމެދު މިހާރ…

"ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަނޭ"

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ޝައުބާން މަހު ކުރެވޭ ހެޔޮ ޢަމަލު" އެވެ. ހުކުރު ޙުތުބާގައި ވިދާޅުވީ ފާއިތުވަމުން މިދާ ޝަޢުބާން މަހަކީ، ކަޢުބަތުﷲ ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސް…

ބޯހިޔާވަހިކަން އެންމެނަށް: މުހިންމީ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަަމަކުރުން

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް ފޯމު ހުށަހެޅުމުގެ ބަދަލުގައި، ހުރިހާ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަމަ ކުރުމަށްފަހު ފޯޯމު ހުށަހެޅުން މުހިންމު ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެ…

ޞިއްޙީ ޚިދުމަތް ފުޅާކުރުން: ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް

ރާއްޖޭގެ އާބާދީ ބެހިފައި އޮންނަގޮތުން، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެކަށީގެންވާ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް …

ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް 101 ރަށުގައި ޤާއިމްކޮށްފި

ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ޤާއިމްކޮށްފިއެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި،…

ލޭ ލިބުމުގައި ދަތިތަކެއް، ހަދިޔާކުރަން ފަސްނުޖެހެމާ!

މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ވީހާވެސް ގިނަ ފަރާތްތަކަކުން ލޭ ހަދިޔާ ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އެދިއްޖެއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 6 ބާވަތެއްގެ ލޭ ވަރަށް އަވަހަށް އެ ސަރވިސްއަށް ބޭނުންވާ ކަމަށެވެ.

Loading fresh headlines…