Live 10,118 stories Updated Mar 12, 2026
Showing: PSM
Browse topics PSM

PSM

Live feed

ހޮނިހިރު ދުވަހު ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. 1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓަރ ފޮރ ސެކަންޑ…

ގަލްފުގެ ޤައުމުތަކަށް އީރާނުން ދޭ ހަމަލާތައް ހުއްޓާލުމަށް ޤަރާރެއް

އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ޙާމަލާތައް ހުއްޓައިލުމަށް ގޮވާލައި ޤަރާރެއް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގަ…

ލެވަކޫސަން އާއި އާސެނަލް އެއްވަރު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ބެޔާ ލެވަކޫސަން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ. ލެވަކޫސަންގެ ބޭއެރީނާ ގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ހ…

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަ…

ސެމީގައި ހުޅުމާލެ ވެޓެރެންސް ނިކުންނާނީ ނިއުއާ ދެކޮޅަށް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ކުލަބުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ. މުބާރާތުގެ ފުރަތަމަ ސެމީގަ ވާދަކުރާނީ ވިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކުލަބެވެ. މާފަންނަ އެއްނަބަރު ޓާފްދަނޑުގައި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެނ…

ވަލްވާޑޭގެ ހެޓްރިކުން ސިޓީ އަތުން ރެއާލް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. މެޑްރިޑްގެ ސެންޓިއާގޯ ބާރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގަށް ރެއާލް މެ…

ޗެލްސީ އަތުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެއްޖެ އެވެ. ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލުގައި ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން ޗެމްޕިއަންކަން ހޯދިއިރު މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންގޮސްފައިވަނީ ދެ ޓީމު…

އަހަރެން ވާޖިބު އަދާކޮށްދިނިން: މަޑުއޭކޭ

ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސެން އަތުން އާސެނަލް 1-1އިން އެއްވަރުވި މެޗުގައި އޭނާގެ ވާޖިބު އަދާކޮށްދީފައިވާނެ ކަމަށް އިނގިރޭސި މިޑްފީލްޑަރު ނޯނީ މަޑުއޭކޭ ބުނެފި އެވެ. މި މެޗުގައި ކޯޗު މިކޭލް އާޓެޓާ އޭނާ ކުޅެން އެރުވީ 60 ވަނަ މިނިޓްގައި ބުކަޔޯ ސަކާގެ ބަދަލުގަ އެވެ. "އަހަރެން ގާތުގައި …

ތަފާތު ބޮޑުކޮށް މޮޅުވުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް: އެންރީކޭ

ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ވިލާތުގެ ޗެލްސީ އަތުން ރަށުން ބޭރުގައި ފްރާންސްގެ ޕީއެސްޖީ 5-2އިން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. މި ދެ ޓީމަކީ އެންމެ ފަހުގެ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. އެ ފ…

މައާފަށް އެދިފައި ބޯޅަ ހޮވާ ކުއްޖާ އަށް ދިނީ ޕެޑްރޯގެ ޖާޒީ

ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ޕީއެސްޖީ އަތުން 5-2އިން ޗެލްސީ ބަލިވި މެޗަށް ފަހު އެ ޓީމުގެ މިޑްފީލްޑަރު ފެޑްރޯ ނެޓޯ ގޮސް ބޯޅަ ހޮވާ ކުއްޖާގެ ކިބައިން މައާފަށް އެދެފި އެވެ. އޭނާ މި ފަދައިން އަމަލު ކުރީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެ ކުއްޖާ ކޮށްޕާލާފައިވުމުން އޭނާ ދަނ…

އެންމެން ވެސް ހީކުރީ އަހަރުމެން ލަދު ގަންނުވާލާނެ ކަމަށް: އާނޮލްޑް

އެންމެން ވެސް ހީކޮށްގެން ތިބީ މެންޗެސްޓާ ސިޓީން އައިސް ރެއާލް މެޑްރިޑް ލަދުގަންނުވާލާނީ ކަމަށް ރެއާލްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް ބުނެފި އެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ 3-0އިން ސިޓީ ބަލިކުރި މެޗަށް ފަހު އިނގިރޭސި ޑިފެންޑަރު ބުނީ ރެއާލް މޮޅުވީ ކުޅުންތެރިން ވަރަށް ވަރުގަދަ …

ނަތީޖާ އަށް ވުރެ ކުޅެން ރަނގަޅު. އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރެވޭނެ: ގާޑިއޯލާ

ތިން ލަނޑުން އޭނާގެ ޓީމު ބަލިވި ނަމަވެސް މި ނަތީޖާ އަށް ވުރެ މެންޗެސްޓާ ސިޓީގެ ކުޅުން މާ ރަނގަޅު ކަމަށާއި މީގެ ހަފުތާއެއް ފަހުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ބަލިކުރެވިދާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ރެއާލްގެ ސެންތިއާގޯ ބާނަބައުގައި 3-0އިން ބަލިވި މެޗަށް ފަހު ގާޑިއޯލާ ބުނީ ސިޓީގެ…

Loading fresh headlines…