Live 10,120 stories Updated Mar 12, 2026
Showing: PSM
Browse topics PSM

PSM

Live feed

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދަޢުވާކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލާގައި 8 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، ވީއައިއޭގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގ…

"ޣައްޒާގައި އަންހެނުންނަށް ދިރިއުޅެވޭނެ މާޙައުލެއް ނެތް"

ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ އަންހެނުނަށް ދިރިއުޅެވޭނެ މާޙައުލެއް ނެތް ކަމަށާއި، އެއީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ރާވައިގެން ކުރަމުންދާކަމެއް ކަމަށް ބައިނަލްއަޤުވާމީ ޙައްޤުތަކަށް ވަކާލުކުރާ ޖަމްޢިއްޔާ، އެމްނެސްޓީން ބުނެފިއެވެ. އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ގެދޮރު ދޫކުރު…

ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫޢާއި ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ސިއްހީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ކުޅ…

ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްގެންދާނީ ތަޖުރިބާކާރު ކުންފުންޏަކުން

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ، އެ މަސައްކަތަށް، ޤާބިލު ތަޖުރިބާކާރު ކުންފުންޏެއްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަ…

އީރާނުގެ ރައްދު ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފި

އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިގޮތުން، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިއަ…

ވޯލްޑް ކަޕަށް އަންނަ އީރާން ޓީމަށް ޓްރަމްޕް މަރުޙަބާ ކިޔާނެ: އިންފަންޓީނޯ

އަންނަ ޖޫން މަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އަންނަ އީރާން ޓީމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަރުހަބާ ކިޔާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. އެމެރިކާއާއި އިސްރާޢީލް އިސްވެ އޮވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށިފ…

ޔުނިޓީ ފުޓްސަލް: ޒެފަޔާ އާއި ފްރެންޑްސް ކުލަބު ސެމީއާ ގާތަށް

އައްޑޫ ސިޓީގައި މި ރަމަޟާން މަހު ކުރިއަށްދާ "ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2026" ގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުއްމީދު، ފްރެންޑްސް ކުލަބާއި އެފްސީ ޒެފަޔަރ އިން ބޮޑުކޮށްފިއެވެ. މުބާރާތުގައި މި ދެޓީމު ހިމެނެނީ ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ އެމްއެފް ޔުނައިޓެޑާ…

ޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތުގެ ކޮންސިއުލޭޓަށް ދެވުނު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާ ކުށްވެރިކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ނެރެނު ބަޔާނުގައި ވިދާޅުވީ ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނ…

މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޤަޠަރާއި ޢުމާނަށް ހުރަސްތަކެއް

ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މަސްރަޙް ނުތަނަވަސްވެ، ސަރަޙައްދީ އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމުގައި ޤަޠަރުން ބުނެފިއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ…

ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކުރިއަށްގެންދާ މަސައްކަތްތަކަށް ޖަޕާން ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ޖަޕާން އެމްބަސީއާއެކު މިފްކޯއިން މަޝްވަރާކޮށްފިއެވެ. މިމަޝްވަރާ ކުރެވުނީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަ…

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް

މާލޭގެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. އެމްޕީއެލްއިން ވިދާޅުވީ މި ބަދަލުތައް ގެނައީ އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށްޓަކައިކަމަށެވެ. އެމްޕީއެލްއިން ވިދާޅުވީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު، މާލ…

މިފަހަރުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކ…

Loading fresh headlines…