Live 10,139 stories Updated Mar 6, 2026
Showing: PSM
Browse topics PSM

PSM

Live feed

ސިފައިން ކަޓައި، ނިއުއަށް ފުރުސަތު ހަނިވެއްޖެ

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ދެވެހި ސިފައިންގެ ކުލަބް ކަޓައި، ނިރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތު ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެއެވެ. ގުރޫޕް އޭގައި މި ދެޓީމު ކުޅުނު މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެޓީމުން ހަ…

ކުނަހަންދޫ ކުރިކެޓް ކާނިވާ: ޑީއެކްސްއިން ވިޔަޒޯރު ބަލިކޮށްފި

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގައި ޓީމް ވިޔަޒޯރާއި ވާދަކުރި މެޗު ޓީމް ޑީއެކްސްއިން ކާމިޔާބުކޮށްފިއެވެ. ލ. ކުނަހަންދޫ ކުރިކެޓު ދަނޑުގައި ކުރިއަށް ދިޔަ މި މެޗުގެ ގުރު ދިމާވެގެން ޓީމް ވިޔަޒޯރުން ގަސްކުރީ ހޮވަން އ…

މޮރޮކޯގެ ކޯޗު ކަމުން ރެގްރަގީ އިސްތިއުފާ ދީފި

މޮރޮކޯގެ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުން ވަލީދް ރެގްރަގީ އިސްތިއުފާ ދީފި އެވެ. އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ރެގްރަގީ މަގާމުން އިސްތިއުފާ ދީފައިވަނީ މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނާއިއެކު ބޭއްވި މަ…

35 މިސްކިތެއްގައި ދަމު ނަމާދު؛ އިޢުތިކާފަށް 25 މިސްކިތެއް

ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމު ނަމާދު ކުރާނެކަމަށާއި އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ ފަހު 10 އެއްގައި ދަމުނަމާދާއި އި…

ސަޢޫދީ ސަފީރު ދެއްވި ރޯދަވީއްލުމުގައި ރައީސްގެ ދެކަނބަލުން

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދެއްވި ރޯދަވީއްލުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހޮޓެލް ޖެ…

ގަލްފުގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަނެއްކާވެސް ޙަމަލާތަކެއް

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށި ފަހުން ގަލްފް ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ތެޔޮ ޓޭންކަރުތަކަށް އަމާޒުވަމުން ފެށި ޙަމަލާތައް އަނެއްކާ ވެސް އިތުރުވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ޢިރާޤުގެ ޚޫރުއްޒުބައިރު ބަންދަރުގައި އަޅާފައި އޮތް ބަހާމަސް ދިދ…

ބޮޑު ބަދަލަކާއެކު ބާއްވާ ޢީދު ބައިބަލާ ޗެލެންޖު މިފަހަރުވެސް ޕީއެސްއެމްއިން

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޢީދު ބައިބަލާ މުބާރާތުގެ މި އަހަރުގެ އެޑިޝަން، ޢީދު ބައިބަލާ ޗެލެންޖް 1447 ގެ އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖައްސައިފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ޕީއެސްއެމް "ޓީވީ ބިލްޑިންގ" ގައި ބޭއްވި ޙ…

އެފްއޭ ކަޕް: އޮޑިއާއި ނިއު ވާދަކުރާއިރު މާޒިޔާ ނުކުންނާނީ ބުރާ ދެކޮޅަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމުގައިވާ އެފްއޭ ކަޕުގެ ގުރު ނަގައިފިއެވެ. ގަލޮޅު ދަނޑުގައި ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި މުބާރާތުގައި ވާދަކުރާނީ އަށް ޓީމެވެ. އެއީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި…

ބޭނުމީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ގައި ބާސާއާ ކުޅެން: ސިމިއޯނޭ

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި، ބާސެލޯނާއާ ދެކޮޅަށް ކުޅުން އެއީ ވަރަށް ބޮޑު އުއްމީދެއްކަމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފިއެވެ. ސިމިއޯނޭ މިހެން ބުނެފައި ވަނީ، ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި ބާސެލޯނާގެ މައްޗަށ…

"ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތާއެކު މޮޅެތި ކުޅުންތެރިން ދަނީ އުފެދެމުން"

އަދުގެ ސަރުކާރުން ކުޅިވަރަށް ކުރައްވާ ހޭދައާއިއެކު މޮޅެތި ކުޅުންތެރިންތަކެއް އުފެދެންފަށައިފިކަމަށް ކުރީގެ މަޝްހޫރު ނެޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ކާމިޔާބެއް ކޯޗެއްގެ ގޮތުގައިވެސް ފެންނަމުންދާ ޢާއިޝަތު ނާޒިމާ ބުނެފިއެވެ. ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ…

ޙިޒްބުﷲގެ އެންމެ ކުޅަދާނަ ހަނގުރާމަވެރިން ކުރީ ސަފަށް

ލުބުނާނުގެ ޙިޒްބުاللهގެ ޚާއްޞަ އަސްކަރީ ފައުޖެއް ދެކުނު ލުބުނާނަށް ފޮނުވައިިފިއެވެ. 2024ވަނަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރު…

އޭދަފުށީގައި ޤާއިމްކުރާ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

ބ.އޭދަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދުއެވެ. ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި …

Loading fresh headlines…