Live 8,072 stories Updated Jan 10, 2026
Showing: PSM
Browse topics PSM

PSM

Live feed

ޔޫކްރެއިނަށް ސިފައިން ފޮނުވުމަށް އިނގިރޭސިވިލާތުން 270 މިލިއަން ޑޮލަރުގެ ބަޖެޓެއް

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވުމުން، ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިފައިން ފޮނުވުމުގެ ތައްޔާރީތަކަށް އިނގިރޭސިވިލާތުން 270 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ. ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމު…

ވީއައިއޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ވީއައިއޭގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަޙައްދުގައި ދެ ބައެއްގެ ދެމެދު ހަމަނުޖެހުން ހިންގާ، ޒ…

އިސްދޫ ސެމީއާ ގާތަށް، ލ. ގުރޫޕު ބީ ވަރަށް ވާދަވެރި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. އަތޮޅު ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް އިސްދޫއިން ޖެހިލިއިރު، އެ އަތޮޅު ގުރޫޕު ބީގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މުބާރާތުގައި އިސްދޫއިން ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ވަނީ ހޯދައިފައެވެ. މިއާއެކު އެ ޓީމަށް ސެމީއާ ގާތަށް ޖެހިލެވުނ…

ރަށެއްގެ ޚާއްޞަކަން ނުގެއްލޭނެހެން ތަރައްޤީ ގެނައުން މުހިންމު: ވަޒީރު އާދަމް ޝަރީފް

ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބ. ދަރަވަންދޫއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަ…

ރާއްޖޭގައި އިތުރު 7 ރިސޯޓު ހުޅުވަނީ

މި އަހަރުގެ ތެރޭގައި ރާއްޖޭގައި 7 ރިސޯޓެއް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދ…

ގުލާ އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރު: ނޭމާ

މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ތުރުކީއާއި ރެއާލް މެޑްރިޑްގެ ޒުވާން ތަރި އާރްދާ ގުލާ އަކީ އެންމެ މޮޅު މިޑްފީލްޑަރުކަމަށް، ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ޑްރިބްލަރު، ބްރެޒިލްއާއި ސަންޓޯސްގެ ތަރި ނޭމާ ޖޫނިއަރ ބުނެފިއެވެ. ޔޫޓިއުބް އިންޓަވިއުއެއްގައި ވާހަކަދައްކަމުން ނޭމާ ބުނީ، ގުލާ އަކީ …

އިންތިޚާބާ ދިމާކޮށް ވަޞީލަތްތައް ބޭނުން ކުރުން ހުއްޓުވަން ގެނައީ ރަނގަޅު ބަދަލެއް: އޭސީސީ

އިންތިޚާބާއި ކައިރިކޮށް ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައީ ރަނގަޅު ބަދަލެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އޭސީސީން ވިދާޅުވީ، އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަމުގެ މައްސަލަތައް މީގެކުރ…

އަލުން ޤައުމީ ޓީމާ ހަވާލުވި އެއް ސަބަބަކީ އެފްއޭއެމުގެ ރައީސް: އުރުބާނީ

ތިން ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވި އެއް ސަބަބަކީ އެފް.އޭ.އެމުގެ މެނޭޖްމަންޓް ބަދަލުވެ ރައީސްކަމާ އޭނާގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ހަވާލުވުން ކަމަށް ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފި އެވެ. އޭނާ ބުނީ ދިވެހި ގައުމީ ކޯޗުކަން ހުށަހެޅުމުން އެކަން ގަބޫލު ކުރީ ވަރަށް އުފަލުނ…

މިފްކޯއިން ސަރުކާރަށް ބަރޯސާވުން ކުޑަ ކުރުމަށް ފިޔަވަޅުތަކެއް

މިފްކޯއަށް ސަރުކާރުން ދެމުން ދާ ސަބްސިޑީ މިއަހަރު ނިމޭއިރު %50 އަށް ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިފްކޯގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަ ކުރުމަށްޓަކައި އެ ކުންފުނިން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުގެ މަސް ކުންފުނި މޯލް…

ވިލާތުގެ އިއްތިޙާދާއި މާކޮސޫރް ބްލޮކާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް

ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރުމަށް ފަހު ދެކުނު އެމެރިކާގެ ހަތަރު ޤައުމުގެ މައްޗަށް އެކުލެވޭ މާކޮސޫރް ބްލޮކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް ވިލާތުގެ އިއްތިޙާދުން ތައްޔާރުވެއްޖެއެވެ. މާކޮސޫރް ބްލޮކުގައި ހިމެނޭ ޤައުމުތަކަކީ އާޖެންޓީނާއާއި ބްރެޒުލްއާއި ޕެރެގުއޭއާއި އުރ…

ގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް

ލ. ގަމަކީ ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކެއް އެރަށުގައި މިހާރުވެސް އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ތަޢުލީމާއި، ޞިއްޙަތާއި، ތިމާވެށީގެ އިތުރުން އަސާސީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ. ހައްދުނ…

ދެއްވަދޫއާއި ކަނޑުހުޅުދޫ އަތޮޅު ސެމީއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ގއ. އަތޮޅުގެ ދެ ގުރޫޕުން، އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ދެއްވަދޫއާއި ކަނޑުހުޅުދޫއިން ކަށަވަރުކޮށްފިއެވެ. މުބާރާތުގައި ގއ. އަތޮޅުން ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު މި ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހައިލައިފައެވެ. އެ އަތޮޅުގެ ގުރޫޕު އޭގައި ހިމެނެނީ ކ…

Loading fresh headlines…