Live 10,139 stories Updated Mar 5, 2026
Showing: PSM
Browse topics PSM

PSM

Live feed

ވަގުތު ބޭކާރެއް ނުކުރަން، ކުޅުންތެރިންދެކެ ވަރަށް ލޯބިވޭ: އާޓެޓާ

ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި އާސެނަލް އިން ގަސްތުގައި ވަގުތު ބޭކާރުކުރީކަމަށް ބުނެ ބްރައިޓަންގެ ކޯޗު ކުރި ތުހުމަތުތަކަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އިންކާރުކޮށްފިއެވެ. މި މެޗުން އާސެނަލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ބްރައިޓަންގެ ކޯޗު ފެބިއަން ހާޒެލާ…

އުނދަގޫ މޮޅަކާއެކު ލެވަކޫސަން، ލައިޕްޒިގާ ދެމެދު ފަރަގު ކުޑަކޮށްފި

ޖަރުމަނު ބުންޑަސްލީގާގައި ހެމްބާގާ ދެކޮޅަށް ކުޅެ ހަނި މޮޅެއް ހޯދައި، ބަޔާ ލެވަކޫސަން އިން ލީގު ތާވަލުގެ ފަސްވަނައިގައި އޮތް އާރުބީ ލައިޕްޒިގްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ހެމްބާގުގެ ދަނޑުގައި ކުޅުނު މި މެޗުން ލެވަކޫސަން މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ލެވަކޫސަން އިން ގިނަވަގުތު ބޯޅަ ހިފަހައ…

ކޮޕާ ޑެލްރޭ: ފައިނަލުގައި އެތުލެޓިކޯއާ ދެކޮޅަށް ނުކުންނާނީ ސޮސިއެޑާޑް

ކޮޕާ ޑެލްރޭގެ ފައިނަލުގެ ފަހު ޖާގަ، ރެއާލް ސޮސިއެޑާޑުން ހޯދައިފިއެވެ. ސޮސިއެޑާޑުން ފައިނަލްގެ ޖާގައެއް ހޯދީ، މުބާރާތުގެ ސެމީ ފައިނަލުގައި އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު ދެ ލެގުން ވެސް މޮޅުވެ، 0-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ދެވަނަ ލެގުގައި އެތުލެޓިކް ކުލަބުގެ ދަނޑުގައި 51,281 …

ކޮޕާ އިޓާލިއާ: ލާޒިއޯ އާއި އެޓަލާންޓާގެ ފުރަތަމަ ލެގު އެއްވަރު

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި ލާޒިއޯ އާއި އެޓަލާންޓާ ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރުވެގެން ނިމިއްޖެއެވެ. ލާޒިއޯ އާއި ރޯމާގެ ހޯމް ދަނޑުކަމަށްވާ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި…

މޯލްޑިވްސް ނައިޓަކީ ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ޙަރަކާތެއް: ޝިއުރީ

މޯލްޑިވިއަން ނައިޓަކީ ރާއްޖޭގެ ސަގާފަތާއި ރޫހު ދައްކުވައިދޭ މުހިންމު ހަރަކާތެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ. ޝިއުރީ މިހެން ވިދާޅުވީ، މޯލްޑިވިއަން ނައިޓުގައި ވާހަކަދައްކަވަމުންނެވެ. ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދާ …

ފަހު 10ގައި، ޢާއްމުންނާއި ވިޔަފާރިތަކަށް އިޤްތިޞާދީ ވުޒާރާގެ ޚިދުމަތް

ރަމަޟާންމަހުގެ ފަހުގެ ދިހައިގެ ދުވަސްތަކުގައިވެސް އާންމުންނާ ވިޔަފާރިތަކަށް ދެމުންގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަށް ވީނަމަވެސް އިޤްތިސާދީ ތަރައްޤީއާ ވިޔ…

އީރާނުން އަނެއްކާވެސް ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް

އީރާނުން ޔަހޫދީ ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް އަނެއްކާ ވެސް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވައިލުމާ ގުޅިގެން ޔަހޫދީންގެ މިލިޔަނަކަށް ވުރެ ގިނަ މީހުން ބިންގަރާސްތަކަށް ވަދެ، ފިލަން މަޖުބޫރުވެއްޖެއެވެ. މިއީ، އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެބުރުވަރީ 28ވަނަ ދުވަހު ފެށި ހަނގުރާމައ…

ބީއެމްއެލްގެ އެހީގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް

ދ. ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ޤާއިމްކޮށްފިއެވެ. މިއީ މިދިޔަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި އެއް ފަރާތްކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ ޔޫއައިއެސް އިން ގާއިމްކުރި ތަނެކެވެ. ބީއެމްއެލްއިން ވިދާޅުވީ، ޔޫއައިއެސްގެ އަމާޒަކީ، މިސްޓޫޑިއޯ މެދުވ…

ބާޒާރު: ފުރަތަމަ 15 ނިމުނުއިރު އަގުތައް ހިފެހެއްޓިފައި

ރަމަޟާންމަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދަނޑުވެރިކަންކުރާ ގިނަ ރަށްރަށުން ބާޒާރަށް އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ގެނެއެވެ. މިއަހަރުގެ ރަމަޟާންމަހަށްވެސް ޚާއްސަކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުން ބާޒާރުމަތި ފެންނަނީ ވަރަށް ތިޔާގިކޮށެވެ. ބާޒާރުގައި މި…

މިއަހަރު 113،382 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފި

މިއަހަރުގެ ރަމަޟާން މަހު ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް، 113،382 ގޭބިސީއަށް ދޫކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ…

އިތުރު 31 ރަށަށް މިމަހު އެމްބިއުލާންސް ފޮނުވަނީ

އިތުރު 31 ރަށަށް މިމަހު އެމްބިއުލާންސް ފޮނުވާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ވަސީލަތްތައް ހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތ…

ޤައުމީ ލެބޯޓަރީ: އެމްއެފްޑީއޭގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް

ޤައުމީ ޞިއްޙީ ލެބޯޓަރީ ވެގެންދާނީ މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވޭ މުހިއްމު މަޝްރޫޢަކަށްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ އެމ…

Loading fresh headlines…