Live 8,078 stories Updated Jan 8, 2026
Showing: PSM
Browse topics PSM

PSM

Live feed

ސްޕާތަކެއް ބަލާ ފާސްކޮށް، އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 4 ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަ…

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޑރ. މުޙައްމަދު ޒާހިރުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޑރ. މުޙައްމަދު ޒާހިރުގެ އައްޔަންކުރެއްވީ 20…

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ. ޑރ. ޢާއިޝަތު ރަމީލާ އެކޮމިޝަނުގެ ރައީސްގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ހިއުމަންރައިޓްސް …

ޔޫކްރެއިނަށް ރައްކާތެރިކަން ދިނުމުގައި އެމެރިކާއިން ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފި

ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، މުސްތަޤުބަލުގައި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކާ ބައިވެރިވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފިއެވެ. ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ…

ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ ސޯލްޝެއާ

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑުގައި ހުސްވެފައިވާ ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވުން އެންމެ ގާތީ، މީގެކުރިން ވެސް އެ ކުލަބަށް ކޯޗުކަންކޮށްދީފައިވާ އޮލެ ގުނަ ސޯލްޝެއާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފުޓުބޯޅައިގެ ޚަބަރުތައް އެންމެ އިތުބާރާއެކު ގެނެސްދޭ ނޫސްވެރިޔާގެ ގޮތުގައި ގިނަބަޔަކު …

ސްޕެނިޝް ސުޕާ ކަޕުން އެމްބާޕޭ ނުފެންނާނެ

މިރޭ ފަށާ ސްޕެނިޝް ސުޕާ ކަޕުގައި ވާދަކުރާ ރެއާލް މެޑްރިޑުން ނެގި ސްކޮޑުން އެ ކުލަބުގެ ތަރި ކިލިއަން އެމްބާޕޭ ބާކީކޮށްފިއެވެ. ސުޕާ ކަޕަށް ސައުދީ އަރަބިއްޔާއަށް ދިޔަ ރެއާލްގެ ޓީމާއެކު އެމްބާޕޭ ދަތުރުނުކުރާއިރު އޭނާ ސްކޮޑް ލިސްޓުން ބާކީކޮށްފައި ވަނީ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. ރިޕޯޓުތ…

ބާކީ 5 މެޗު، މާޒިޔާ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑަކާއެކު

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ފެށި މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ މެޗްވީކް 13 ނިމި، ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތްއިރު، މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. މާޒިޔާއިން މި 13 މެޗު ނިންމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާ…

އުމްރާއަށް ގޮސް އުޅުނު 2 ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ. މި ދެމީހުން ނިސްބަތްވަނީ ދެ ގްރޫޕަކަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން މިއަހަރު ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ނިޔާވެފައިވަނީ، ސަފާ ގްރޫޕާއި ހިޖާޒ…

ޚާއްސަ ސިއްޙީ ބޭނުންތަކުގެ ޗުއްޓީއަށް އެދި ސީދާ ސީއެސްސީއަށް ހުށަހަޅަންޖެހޭގޮތަށް ހަދައިފި

ސިވިލް ސަރވިސް މުވައްޒަފުންނަށް "ޚާއްސަ ސިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް އެދެވޭނެ ލުއިފަސޭހަ ގޮތެއް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފިއެވެ. އެކޮމިޝަނުން އާންމުކޮށްފައިވާ އުސޫލުގައި ޚާއްސަ ހާލަތްތަކުގައި ސިއްޙީ ބޭނުންތަކަށްދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ ހާލަތްތަކުގައި އިދާރާތަކުން މަސްއ…

ބޮޑު ސަރަޙައްދެއްގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. މެޓު އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވަ…

ރަސްމާލެ: ޖުމްލަ 280 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 280 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ. މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމާފައެވެ. ރަސްމާލެ މަޝްރޫޢުއަކީ މިވަގުތު މުޅިރާއްޖޭގައިވެސް ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1009…

ވެނެޒުއެލާގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތް ރަޝިޔާއިން ކުށްވެރިކޮށްފި، ވަގުތީ ރައީސަށް މަރުޙަބާ

ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމަށް އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާއިން އެ ކަމަށް މަރުޙަބާ ކިޔައިފިއެވެ. މި ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބ…

Loading fresh headlines…