Live 10,142 stories Updated Mar 1, 2026
Showing: PSM
Browse topics PSM

PSM

Live feed

ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޢުމްރާއަށްދާ ފަހު ގްރޫޕް ޖިއްދާއަށް

ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި މައްކާއަށްދާ ފަހު ގްރޫޕް ޖިއްދާއަށް ގޮސްފިއެވެ. ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 500 އަށްވުރެ ގިނަ ޢުމްރާވެރިން މިއަހަރުގެ ރަމްޟާން މަހުގެ ޢުމްރާއަށްވަނީ މައްކާއަށް ގޮސްފައެވެ. ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަ…

ވިކްޓްރީގެ ކުރީގެ މަގާމު ހޯދުން ހަޤީގަތަކަށް ހަދައިދޭން: ޝިޔާޒް

ވިކްޓްރީ ސްޕޯޓްސް ކުލަބު، އެކުލަބުގެ ގޮތުގެ ހަޤީޤީ މަގާމަށް އަނބުރާ ގެންދިއުމަށް މެނޭޖުމެންޓުން ކުރާ މަސައްކަތަށް އެއްބާރުލުން އެކަން ހަޤީޤަގަތަކަށް ހަދައިދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އެ ކުލަބުގެ ހެޑް ކޯޗުގެ މަޤާމާއި ހަވާލުވި ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވ…

ޚާމަނާއީ އަވަހާރަވިކަން އީރާނުން ކަށަވަރުކޮށްދީފި

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފިއެވެ. އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ އުމުރުން 86 އަހަރުގެ ޚާމަނާއީ އަވަހާރަވެވަޑައިގެންފައި ވަނީ އޭނާގެ އޮފީހުގައި ކަމަށެވެ. އީރާނުން އެ ކަން …

ލީޑްސް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ. މި މެޗުން މޮޅުވެ ސިޓީ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް …

ވެސްޓް ހޭމް އަތުން ލިވަޕޫލް އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ. ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު މިއީ މި ސީޒަނުގައި އެ ޓީމުން ޕްރިމިއާ ލީގުގެ މެޗެއްގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ…

ލަމީން ޔަމާލްގެ ފުރަތަމަ ހެޓްރިކާއެކު ބާސެލޯނާ މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ލަމީން ޔަމާލް ހެދި ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ. ލަމީން ޔަމާލް މި މެޗުގައި ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކެވެ. ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޫ ގައި ކުޅުނު މި މެޗުގެ 28 ވަ…

އީރާނުގެ ލީޑަރު އަވާހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. ޔަހޫދީން ބުނެފައިވަނީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅ…

އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރާނެ: ސަރުކާރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންނަށް ކާބޯތަކެއްޗާއި، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރަކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އ…

މެދުއިރުމަތީގެ ހަމަނުޖެހުން ހުއްޓާލައި ޞުލްޙަވުމަށް ރާއްޖެއިން ގޮވައިލައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތައް ހުއްޓާލައި، ސުލްޙަކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވުމާއެކު ގާތުން ބަލަމުން އަންނަ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ އެހީގައި މިހާރު އިސްރާއީލުން އީރާނަށް…

ނުފުރި ތިބި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެނީ

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ހާލު ބަލައި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވަމުން ގެންދަވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ފަތުރުވެރިންގެ ކަންކަން ބެއްލެވުމަށް ވަޒީރު ވަނީ އެ…

ސުޒޭންގެ ބަދަލުގައި ނިއުގެ ކޯޗުކަން ޓެކްނިކަލް ޑައިރެކްޓަރަށް

ތައްޓެއް ހޯދައިނުދެވުމުން ނިއުގެ ކޯޗު އަލީ ސުޒޭންގެ ބަދަލުގައި އެ މަގާމަށް ނިއުގެ ޓެކްނިކަލް ޑައިރެކްޓަރު ސްޕޭނުގެ އަންދްރޭ ހަމަޖައްސައިފި އެވެ. ނިއުގެ ޗެއާމަން އަހުމަދު މުބީން ވަނީ މިކަން ކަށަވަރުކޮށްދީ ކުލަބުގެ ސޯޝަލް މީޑިއާގައި މި ނިންމުން އިއުލާނު ކޮށްފަ އެވެ. އޭނާ ބުނފައިވަނީ މި ސީޒަނުގައި …

އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 200 މީހުން ޝަހީދުވެއްޖެ

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 200 މީހުން ޝަހީދުވެ، 700އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓު ސޮސައިޓީއިން ބުނެފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމ…

Loading fresh headlines…