Live 8,091 stories Updated Jan 5, 2026
Showing: PSM
Browse topics PSM

PSM

Live feed

ޕެންޝަން ސްކީމުން ފައިސާ ދެއްކުމުން ޙައްޖު ކިޔުއަށް އެރޭގޮތް ހަދަނީ

ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު ހައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފިއެވެ. މިއިސްލާޙުގައިވާގޮތުން ޙައްޖު ކިޔުއަށް އެރޭނީ ހައްޖަށްދާން ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކާފައިވާ ފަރާތްތަކަށްކަމަށް ބިލްގައިވަނީ ބަޔާން…

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ހަރަކާތްތެރިވަނީ

ރ. ކިނޮޅަސް ކައިރިން ކަނޑުމަތީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބިފައ…

ބޮޑެތި ބަލިތަކަށް ބޭސްކުރަން ޕެންޝަނުން ޚަރަދުކުރެވޭ ގޮތް ހަދަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި ގޮތަށް، ފުރާނައަށް ނުރައްކާވާފަަދަ ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަން ފައިސާއިން ޚަރަދުކުރެވޭ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެ…

ވެނެޒުއެލާގެ ރައީސްކަމުގެ މަސްޢޫލިއްޔަތާ ނައިބު ރައީސް ޙަވާލުވެވަޑައިގެންނެވުމަށް ސުޕްރީމް ކޯޓުގެ ޢަމުރެއް

ވެނެޒުއެލާގެ ރައީސްކަމުގެ މަސްޢޫލިއްޔަތުތަކާ ވަގުތީގޮތުން ޙަވާލުވެވަޑައިގެންނެވުމަށް، އެ ޤައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް އަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ. ޖެނުއަރީ 2ވަނަ ދުވަހު ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ޤައުމުގެ ވައިގެ ސަރަޙ…

ދެ އިންތިޚާބު އެއްކޮށްލަން މަޖިލީހުގެ ދައުރު ކުރުކޮށްލަނީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ބިލެއް ހުށަހަޅައިފިއެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ. ސަރުކާރު…

ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ތައްޔާރުވެއްޖެވެ. ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުޅ…

މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެެވެ. މި ޖަލްސާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމް…

ވެނެޒުއެލާ ހިންގުމާއި ތެލުގެ ވިޔަފާރިއާ އެމެރިކާއިން ޙަވާލުވެއްޖެ

އެމެރިކާއިން ވެނެޒުއެލާއަށް ވަދެ، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ނިއު ޔޯކަށް ގެނެސްފައިވާ ކަމަށާއި، އިންތިޤާލީ އިންތިޒާމެއް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޖެނުއަރީ 2ވަނަ ދ…

ޢިލްމު ހޯދުމަށް އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަންޖެހޭ: މެޑަމް ސާޖިދާ

ޢިލްމު ހޯދުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށާއި، އެކަން ފެށިގެން އަންނަނީ އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަ ހިސާބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑީއާގައި …

ލޯކަލް ކައުންސިލު އިންތިޚާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ފުލުހުންގެ ފަރާތުން ކޮމާންޑަރުން ކަނޑައަޅުއްވައިފިއެވެ. މިއީ، އިންތިޚާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަން…

ކުރިއަށް އޮތް 36 އަހަރު އާބާދީގެ %53 ދިރިއުޅޭނީ މާލޭގައި!

ކުރިއަށް އޮތް 36 އަހަރު ތެރޭ ރާއްޖޭގެ އާބާދީގެ %53 ދިރިއުޅޭނީ މާލޭގައި ކަމަށް ރާއްޖޭގެ އާބާދީގެ އަންދާޒާ ރިޕޯޓަކުން ދައްކައިފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ، ރާއްޖޭގެ އާބާދީ 2062 ވަނަ އަހަރާ ހަމައަށް ލަފާ ކުރެވޭ ގޮތުގެ ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި ކުރިއ…

ވިޔަފާރި ތަރައްޤީ ކުރަން އެސްއެމްއީ ޑިޖިޓަލްއިން އައު ލޯނު ސްކީމެއް!

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފިއެވެ. މި ފައިނޭންސިންގެ މަޤުސަދަކީ މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާ…

Loading fresh headlines…