Live 11,988 stories Updated Sep 11, 2026
Showing: PSM
Browse topics PSM

PSM

Live feed

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައ…

"ޤުރުއާނަށް އޮންނަ ލޯބި އެގޮތުގައި ދަމަހައްޓަންޖެހޭ"

ކީރިތި ޤުރުއާނާއި އޮންނަ ގުޅުމަކީ ވަކި މުބާރާތަކާއި ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށާއި، މުބާރާތަށްފަހުވެސް ޤުރުއާނަށް ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ބާރުއަޅުއްވައި ގޮވާލެއްވީ ކީ…

"ކީރިތި ޤުރުއާނާބެހޭ 58 ގޮތްޕެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް"

ކީރިތި ޤުރުއާނާ ބެހޭ 58 ގޮތްޕެއް ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ…

މެދުއިރުމަތީގެ ހަނގުރާމަ އަހަރުތަކަކަށް ދިގުދެމިގެން ހިނގައިދާނެ!

މެދުއިރުމަތީގެ ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހިނގަމުންދާ ދައުރު ނިމޭ އިރު ވެސް ހަނގުރާމަ ނިމުމަކަށް ނައުން އެކަށީގެންވާ ކަމަށް ޓްރަމްޕްގެ މުޝީރުން އެމަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. އެމެރިކާއިން އީރާނަ…

"ވިޔަފާރިތަކުން ދީނީ ދަޢުވަތު ފެތުރުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ"

ރާއްޖޭގެ ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދީނީ ދަޢުވަތުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފްގެ ފަރާތުން ބާއްވާ ދުވާތުންގެ މަޖިލީހުގެ ދެ ވަނަ އަހަރީ…

ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް މާދަމާ ފަށަނީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް މިމަހުގެ 11 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ. ޕްރިމިއަރ ލީގުގެ އެންމެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ މާލޭ ސްޕޯޓްސް ކްލަބް…

ޤައުމީ ބީޗް ވޮލީ ޓީމު އެދެނީ ސަޕޯޓަރުންގެ ހެޔޮ ދުޢާއަށް

މިމަހުގެ 16 އިން އަންނަމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޤައުމީ ބީޗް ވޮލީ ޓީމުން ތައްޔާރުވަމުން އަންނައިރު، ޓީމާއެކު ސަޕޯޓަރުން ތިބެދިނުމަށް ޤައުމީ ޓީމުން އެދިއްޖެއެވެ. 20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައ…

ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑަކަށް ޝީނާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފިއެވެ. މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާއެވެ. ޝީނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި، މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ފަތ…

ޑްރަގް ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށް!

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސައެއްގައި ކުށް ސާބިތުވެ ދިވެއްސަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފްގެ މައްޗަށެވެ. ޝަރީފްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ދައުލަތުން …

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. އެއީ މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ %3.01 އެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މ…

ގަވާއިދާއި އުސޫލުތަކަށް ކޮންމެ ފުލުހަކު އަހުލުވެރިވުމަށް ކޮމިޝަނަރ ގޮވާލައްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގަވާއިދުތަކާއި އުސޫލުތަކަށް ކޮންމެ ފުލުހަކުވެސް އަމިއްލައަށް އަހުލުވެރިވެ، މުއައްސަސާގެ ޕްރޮފެޝަނަލް އަދި އަޚުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ގޮވާލައްވައިފިއެވެ. ކޮމިޝަނަރ މިކަމަށް ގޮވާލެއްވީ އިސްކަންދ…

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 28.73 ބިލިޔަން ރުފިޔާ

މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 28.73 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %6.2 ގެ ކުރިއެރު…

Loading fresh headlines…