Live 8,110 stories Updated Dec 27, 2025
Showing: PSM
Browse topics PSM

PSM

Live feed

ކުންފުނިތައް އަލުން ހަރަކާތްތެރިވާން ހުށަހެޅުމުގެ ފުރުޞަތު ހަމަވަނީ

ހަރަކާތްތެރި ނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމާއި ހިންގުމަށް އެދޭ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 30ގެ ނިޔަލަށް ހަމަވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވި…

ކޯޓަށް ހާޒިރުކުރުމަށް މަމްދޫހު ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހަށް ޙުކުމް އިއްވުމުގެ ޝަރީޢަތަށް ގެންދިއުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝަރީޢަތަށް ހާޒިރު ކުރުމަށް ކޯޓުން ފުލުހު…

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލ…

ބޭރުގައި ވިއްކާ ޙިއްސާގެ ފައިސާ އެތެރެކުރަންޖެހޭ އުސޫލެއް ޗައިނާއިން ތަޢާރަފް ކުރަނީ

ޗައިނާގެ އަމިއްލަ ކުންފުނިތަކުން ޤައުމުން ބޭރަށް ޙިއްސާ ވިއްކައިގެން ލިބޭ ފައިސާ ޤައުމަށް އެތެރެކުރަން ޖެހޭނެ ކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މާލީ ހިރާސްތައް މެނޭޖްކޮށް ލޮޅުންތައް އެރިޔަ ނުދިނުމަށެވެ. ޗައިނާގެ މަރުކަޒީ ބޭންކާއި ބޭރު ފައިސާއާބެހޭ އެފްއެކްސް އިދާރާއި…

”ބޭނުންވަނީ ރަނގަޅަށް އިންތިޒާމުކޮށްގެން މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވަން“

ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަނީ ހަމައެކަނި މާލޭގައި ކަމަށާއި، އެހެންނަމަވެސް ބޭނުންވަނީ ރަނގަޅަށް އިންތިޒާމު ކޮށްގެން މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވައިގެން ކުޅިވަރު ކުރިއަރައިގެން ދިޔުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ޕީއެ…

ޤައުމީ ފެތުމުގެ މުބާރާތުގެ އެއްވަނަ ލައިފްގާޑު އެސޯސިއޭޝަނަށް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި 49 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގެ ޓީމު އިވެންޓުތަކުގެ ބައިން އަންހެން އަދި ފިރިހެން ޑިވިޝަނުން އެއްވަނަ މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަނުން ހޯދައިފިއެވެ. މިމަހުގެ 22 އިން 26 އަށް ހުޅުމާލެ ސްވިމިންގ ޕޫލުގައި ކުރިއަށް ދިޔަ މިމުބާރ…

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެކުވެރިކަމުގެ ކުރިކެޓު މެޗެއް ކުޅެފި

ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެކުވެރިކަމުގެ ކުރިކެޓު މެޗެއް ކުޅެފިއެވެ. މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައި ކުރިއަށް ދިޔަ މި މެޗުގައި ވާދަކޮށްފަވަނީ، މޯލްޑިވްސް ބޯޑް އެކްސްއާއި ބަންގްލަދޭޝް އެކްސްޕެޓްރިއޭޓްސް ކުރިކެޓް ޓީމެވެ. …

ދިރާސީ އައު އަހަރަށް 30 އިމާރާތެއްގެ މަސައްކަތް ނިންމަނީ

ތަޢުލީމީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 30 އިމާރާތެއްގެ މަސައްކަތް ނިންމާ އަންނަ ދިރާސީ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެވެސް ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ތަޢުލީމީ ވުޒާރާއ…

ބިދޭސީން ހިންގާ 66 ވިޔަފާރިއެއް ބަންދުކޮށްފި

ޤަވާއިދާއި ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 66 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ޤަވާއިދާއި ޚިލާފަށް ބިދ…

ސައުތު އެފްރިކާ ބަލިކޮށް މިސްރު ދެވަނަ ބުރަށް

އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި އިއްޔެ ސައުތު އެފްރިކާ އާއި ދެކޮޅަށް މިސްރު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މިސްރު މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ. ގްރޫޕް ބީ ގައި ކުޅުނު މި މެޗުން މިސްރު މޮލުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 2 މެޗުން މޮޅުވެ ޖުމްލަ ހަ …

ނިއުކާސަލް ބަލިކޮށް ޔުނައިޓެޑް ފަސްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެ ތާވަލުގެ ފަސްވަނަ މަގާމް ހޯދައިފި އެވެ. މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނިކުތްއިރު އެ ޓީމަށް ވަނީ އަނިޔާގެ އިތުރުން އެފްރިކަން ކ…

Loading fresh headlines…