Live 10,170 stories Updated Feb 18, 2026
Showing: PSM
Browse topics PSM

PSM

Live feed

މިއަހަރު ބާޒާރުމަތީގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ: ރައީސް

މިއަހަރުގެ ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ވަނީ، މާލޭގެ އެންމެ ބާރު ބޮޑުވާ އެއް ސަރަޙައްދު ކަމުގައިވާ، ބާޒާރު މަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަ…

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިއެވެ. ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލު ކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ދިވެހިރާއްޖޭގ…

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އައިނު ފިހާރައެއް ހުޅުވައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ހުޅުވައިފިއެވެ. މިފިހާރަ ހުޅުވާފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އައިނު ހެއްދުމަށް އާންމުންގެ އަތުން ކުރަމުން ދިޔަ ބޮޑު ހޭދަ ނިމުމަކަށް ގެންނަވާ، ސަރުކާރުގެ މައި ހޮސްޕިޓަލް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލެ…

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއް

މަތީ ތަޢުލީމު ހިމެނޭހެން އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒެވެ. އަދި މައުމޫން ފައުންޑޭޝަން…

ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސްކުރަން ހާފިޒުން ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި، މި އަހަރުގެ ރަމަޟާން މަހު ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދު ކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ހާފިޒުން ހަމަޖައްސައިފިއެވެ. ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ޖަލުތަކުގައި ބަންދުކޮ…

މާފުށީގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ކ.މާފުށީގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމާއި، އެރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ، އެކަމަށްޓަކައި މިއަދު މާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ކ. މާފުށީގައި އައު ނަރުދަމާ ނިޒ…

"މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް"

ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން‏ މަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ނެރުއްވި ޚިޠާބުގައެވެ. …

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ. މިކަން ކަނޑައަޅުއްވާފައިވަނީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ. ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭގޮތުން ނެރުއްވ…

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާންއާއި ބަނ…

މާލޭ ވިޔަފާރި ބަނދަރުން 480 ޓަނުގެ ޕެރިޝަބަލް މުދާ ކްލިއަރކޮށްފި

ރަމަޟާން މަހާ ދިމާކޮށް އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް މާލޭ ވިޔަފާރި ބަނދަރުން 480 ޓަނުގެ ޕެރިޝަބަލް ނުވަތަ އަވަހަށް ކުނިވާ ޒާތުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން ވިދާޅުވީ، މިވަގުތު ޕެރިޝަބަލް މުދާ އުފުލާ 2 ބޯޓު ބަނދަރު ސަރަޙައްދުގައި…

ހަފުތާއެއްގެ ތެރޭ މާލެ ސަރަޙައްދުގައި 43 އެކްސިޑެންޓު!

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 43 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެއާއި، ބްރިޖު އަދި ހައިވޭ ހިމެނޭހެން މި މުއްދ…

"ހޭންޑީ"ގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން އަންގައިފި

ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ 'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން މަނާ ކުރީ، ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ކަމަށ…

Loading fresh headlines…