މަތިންދާ ބޯޓެއް ވެއްޓި ލީބިޔާގެ އަސްކަރީ އިސްވެރިޔާ އަވަހާރަވެއްޖެ
ލީބިޔާގެ އަސްކަރިއްޔާގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް ދަތުރުކުރެއްވި މަތިންދާ ބޯޓެެއް ވެއްޓި އޭނާއާއި އިތުރު ބަޔަކު އަވަހާރަވެއްޖެއެވެ. އަލްޙައްދާދް ދަތުރުކުރެއްވި ޕްރައިވެޓު ޖެޓު ވެއްޓިފައި ވަނީ ތުރުކީވިލާތުގެ އަންކާރާއިން މަތިންދާ ބޯޓު ނައްޓައިލިތާ މާ ގިނައިރުތަކެއް ނުވެއެވެ. …