Live 8,139 stories Updated Dec 14, 2025
Showing: PSM
Browse topics PSM

PSM

Live feed

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް: ސްޕޯޓްސް މިނިސްޓްރީ، ބީއެމްއެލް އަދި ކަސްޓަމަށް މޮޅެއް

މިހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި އަންހެން ޑިވިޝަނުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ސްޕޯޓްސް މިނިސްޓްރީ، ބީއެމްއެލް އަދި ކަސްޓަމުން ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހު ފެނިގެން ދިޔަ ފުރަތަމަ މެޗަކީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން (އެމްއޯއެސްއެފްއާރް) އަ…

ހުޅުމާލޭ 3 ވަނަ ފިޔަވަހި ކުރިއަށް އޮތް ދޮޅުމަސް ތެރޭގައި ހިއްކައި ނިންމަނީ

ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުވަނީ ބޮޑު 2 ޑްރެޖަރު ގެނެސްފައެވެ. ހުޅުމާލޭ 3 ވަނަ ފިޔ…

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލައިފިއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަދު ނިޔާޒު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަ…

ރައީސުލްޖުމްހޫރިއްޔާ، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން އަންގާރަ ދުވަހުގެ ރޭ

މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން ކަންބޮޑުވުންތައް އަޑު އެއްސެވު…

ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހއ.ކެލާގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު، ހއ.ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. ހއ.އަތޮޅުން ޕާސްޕޯޓު ނަގަ…

އެމެރިކާގެ ޔުނިވަސިޓީއެއްގައި ދިން ބަޑީގެ ޙަމަލާއެއްގައި ދެ ދަރިވަރުން މަރުވެއްޖެ

އެމެރިކާގެ ރޯޑް އައިލެންޑުގައި ހުންނަ މަޝްހޫރު ބްރައުން ޔުނިވަސިޓީގައި ބަޑީގެ ޙަމަލާއެއްދީ ދެ ދަރިވަރުން މަރާލައިފިއެވެ. ބަޑީގެ ޙަމަލާ ދީފައިވަނީ އެ ޔުނިވަސިޓީގެ އިންޖިނިއަރިންގއާބެހޭ އިމާރާތުގައެވެ. ޙަމަލާ ދިން ވަގުތަކީ އެ ޔުނިވަސިޓީގެ ދަރިވަރުން އަހަރުގެ ފަހު އިމްތިޚާނު ހަދަމުންދިޔަ ވަގުތެވެ. އެ …

ނޭމާ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް

ބްރެޒިލްގެ ސަންޓޯސްއިން ނޭމާ ސަންޓޯ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭން ނިންމައިފި އެވެ. ނަމަވެސް އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ކޮންޓްރެކްޓްގައި ސޮއި ކުރާނީ އޭނާގެ ފައި އޮޕަރޭޝަން ކުރުމަށްފަހު އެވެ. ސައޫދީ ލީގުގައި ދެ އަހަރު ހޭދަކުރުމަށްފަހު މީގެ ހަ މަސް ކުރިން އަލުން ސަންޓޯސް އަށް…

ވޯލްޑް ކަޕް ޓިކެޓްގެ އަގު އަތްނުފޯރާ ފަށަށް، ފައިނަލް މެޗުގެ ޓިކެޓްގެ އަގު ހަތަރު ހާސް ޑޮލަރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް އަތްނުފޯރާ ފަށަށް އަރައިފި އެވެ. މި ގޮތުން ޓިކެޓްގެ އަގުތަކާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު މި ކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދަނީ އެފްރިކާގެ ގައުމުތަކާއި ކުދި ގައުމުތަކަށެވެ. ގާނާ އާއި ސެނެގާލް ފަދަ ގައުމުތަ…

12000 ރުޕީސް ހަރަދުކޮށްގެން ވެސް މެސީ ނުފެނިގެން ހަޅުތާލަށް

ންޑިޔާގެ ބައެއް މީހުން ވަނީ އެ ގައުމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ކުރާ ދަތުރުގައި އޭނާ ދެކިލަން 12000 ރުޕީސް ހަރަދުކޮށް ޓިކެޓް ގަނެފަ އެވެ. ނަމަވެސް މިހާރު މައްސަލަ އުފެދިފައިވަނީ މިހާ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރުމުން ވެސް މެސީ ހަމަލޮލަށް ނުފެނުމުގެ މައްސަލަ އެވެ. މިކަމާ …

މެސީގެ އިވެންޓް އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފި

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މިހާރު އިންޑިޔާ އަށް ކުރަމުންދާ ދަތުރު އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފި އެވެ. އިންޑިޔާގެ ފުލުހުން މެސީގެ ގޯޓް ޓުއަރ އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފައިވަނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި 80 ހާސް ޓިކެޓް ވިއްކާއިގެން އިއްޔެ ބޭއްވި ހަރަކާތުގެ އިންތި…

ވޮލްވްސް އިން ބައިކޮޅަށް ޖެހި ދެ ލަނޑުން އާސެނަލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ބައިކޮޅަށް ޖެހި ދެ ލަނޑުން 2-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ. ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް…

އެވަޓަން އަތުން ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ. ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއްވަންދެން ހ…

Loading fresh headlines…