ޣައްޒާގައި 61 މިލިޔަން ޓަނުގެ ގައުކުނޑި، ފިނިމޫސުމުގައި ރައްޔިތުން ހިތްދަތި ޙާލުގައި
ޣައްޒާއަށް ފިނި މޫސުން އައިސް ބޯވާރޭ ވެހެމުންދާއިރު ގެދޮރު ގެއްލިފައިވާ އެ ސަހަރުގެ ރައްޔިތުން ދިރިއުޅެމުންދާ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޯވަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގަ…