Live 8,144 stories Updated Dec 11, 2025
Showing: PSM
Browse topics PSM

PSM

Live feed

ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ ނ. އަތޮޅުގައި މަޝްރޫޢެއް ހިންގުމަށެވެ. އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކު…

ވައި ނުސާފު، ކުރިއަށްއޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެ

ކުރިއަށް އޮތް ހަފުތާގައި ދުންފުހުގެ އަސަރުކޮށް، ލޮލަށް ފެންނަ ދުރުމިން ދަށްވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުންފުހުގެ ސަބަބުން އުތުރާއި މެދު ރާއްޖެ ތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެފައި…

ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ދީފިއެވެ. މިމީހުންނަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. ސްޓ…

ސަޢުދީން ކޯޓާ އިތުރުކުރުމުގެ ފުރުސަތު ދޭނަމަ ރާއްޖެއަށްވެސް ދޭނެ: ވަޒީރު ޑރ.ޝަހީމް

ސަޢުދީ ޢަރަބިއްޔާއިން އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދެއްވާނަމަ، ރާއްޖެއަށް ފުރުސަތު ދެއްވާނެކަމަށް ޔަގީންކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޙައްޖު ޢުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއ…

ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކުރުމަށްފަހު އެތަންތަން ބަންދުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމު…

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ: "ކަށަވަރުވަނީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން"

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ އެފަދަ ފަރާތްތަކަށް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ގެނެސްދޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސްޓޭޓް އިލެ…

ތިން ވުޒާރާއެއްގައި ހިނގި އަލިފާނުގެ ހާދިސާ: ގެއްލުންތަކުން އަރައިގަތުމަށް ޗައިނާއިން 2.8 މިލިޔަން ޑޮލަރުގެ އެެހީއެއް!

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު އޭރު 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 2.8 މިލިޔަން ޑޮލަރުގެ އެހީއެއް ޗައިނާ ސަރުކާރުން ދެއްވައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އޭރު 3 ވުޒާރާއެއް ހިންގަމުން …

ޣައްޒާގައި ވެރިކަން ކުރާނެ ބޯޑު އަންނަ އަހަރުގެ ކުރީކޮޅު އިޢުލާނު ކުރާނަން: ޓްރަމްޕް

ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑެއް އެކުލަވައިލައި، އަންނަ އަހަރުގެ ކުރީކޮޅު އެ ބޯޑުގެ މެންބަރުން އިޢުލާނު ކުރައްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޣައްޒާގައި ވެރިކަން ކުރާނެ ބޭރުގެ ބޯޑެއް އެކުލަވައިލުމަށް ޓްރަމްޕް ނިންމަވާފަ…

"މަރޗްމަހުގެ ނިއަލަށް ހުރިހާ އަތޮޅެއްގައިވެސް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ވަޞީލަތް ޤާއިމުކުރެވޭނެ"

ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅޭގޮތުން ޕީއެސް…

ސައޫދީ ކުލަބުތަކުން ސަލާހް ގަތުމަށް މަސައްކަތް ކުރަން ލީގުން ގޮވާލައިފި

ސައޫދީ އަރަބިއާގެ ކުލަބުތަކުން ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ގަތުމަށް މަސައްކަތް ކުރަން އެ ލީގުގެ ޗީފް އެގެޒެކެޓިވް އޮބަރް މުގާބިލް ގޮވާލައިފި އެވެ. އޭނާ މިފަދައިން ވިދާޅުވީ ލިވަޕޫލާ މައްސަލަ ޖެހިފައި ހުރި މިސުރުގެ ފޯވަޑާ ބެހޭ ގޮތުން ސައުދީ މީޑިއާތަކުން ސުވާލު ކުރުމުންނެވެ. "ޝައްކެއްވެސް ނ…

ކުޅުންތެރިން ތިބީ އަލޮންސޯގެ ފަހަތުގައި: ކޯޓުއާ

އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ޓީމުގެ ނަތީޖާތައް ދެރަވި ނަމަވެސް ކުޅުންތެރިން ތިބީ ކޯޗު ޒަބީ އަލޮންސޯގެ ފަހަތުގައި ކަމަށް ރެއާލް މެޑްރިޑް ބައެއް ކުޅުންތެރިން ބުނެފި އެވެ. ރެއާލް އެންމެ ފަހުން ބަލިވީ ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުންނެވެ. މި މެޗަށް ފަހު ވާހ…

ވަޒީފާގެ ވާޖިބުގައި އުޅުއްވަނިކޮށް ނިޔާވި އަޒްމީލްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ފަރުވާދެމުންދަނިކޮށް ސްޓެލްކޯގެ މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑީއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވި…

Loading fresh headlines…