Live 8,189 stories Updated Dec 10, 2025
Showing: PSM
Browse topics PSM

PSM

Live feed

ފުޓްބޯޅައިގެ ހާލަތު ވެންޓިލޭޓަރުން ނެގިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި: ވަޒީރު ރާފިޢު

ރާއްޖޭގެ ފުޓްބޯޅައަށް ދިމާވި އަޑިގަނޑުން އަރައިގަނެ ފުޓްބޯޅައިގެ ހާލަތު ވެންޓިލޭޓަރުން ނެގިދާނެތޯ ގިނަ ބަޔަކު ސަރުކާރާމެދު ސުވާލު އުފެއްދިކަމަށާ އެސުވާލުގެ ޖަވާބު ފާއިތުވެދިޔަ 104 ހަފްތާގެ ތެރޭގައި ލިބިގެންދިޔަކަމަށް އުންމީދުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވ…

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި 2 ޓަނަށްވުރެ ބޮޑެތި އުޅަނދު ރަޖިސްޓްރީކުރެވޭ ގޮތް ހަދައިފި

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި 2 ޓަނަށްވުރެ ބޮޑެތި އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ. އެޗްޑީސީން ހަދާފައިވާ "ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލު"ގައި ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅިފަޅުގައި ގޯއ…

ހުޅުމާލޭގައި 1900 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ވަގުތީ ޕާކިންގ ޒޯންތަކެއް

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 1900 އަށްވުރެ ގިނަ ވަގުތީ ޕާކިންގ ޒޯންތަކެއް ކަނޑައަޅައިފިއެވެ. އެޗްޑީސީން ވިދާޅުވެފައިވާ ގޮތުގައި މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ވަގުތީ ހައްލެއް ހޯ…

އެންޓި-ކޮރަޕްޝަން އެކެޑެމީގެ ކޯސްތައް އަންނަ މަހު ފަށަނީ

އަންނަ މަހު އެންޓި-ކޮރަޕްޝަން އެކެޑެމީން ކުރިއަށްގެންދާ ކޯސްތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. އޭސީސީގެ ރައީސް މިހެން ވިދާޅުވީ މިއަހަރުގެ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.…

ދެމީހެއްގެ ދެމެދު ހަމަނުޖެހުމެއް ހިނގައި، އެކަކަށް ތޫނު އެއްޗަކުން ޙަމަލާދީފި

ދެމީހެއްގެ ދެމެެދު ހިނގި ޒުވާބެއްގެ ތެރެއިން ހަމަނުޖެހުމެއް ހިނގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަ…

ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކޮށްފައެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައިވެސް ހުންނެވި ބޭފުޅާއެވެ. ޕްރައިވެ…

ޕާކިސްތާނަށް އިތުރު 1.2 ބިލިޔަން ޑޮލަރު ދޫކުރަން އައިއެމްއެފުން ފާސްކޮށްފި

ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު)ން ޕާކިސްތާނަށް ދޫކޮށްފައިވާ ލޯނު ޕުރޮގުރާމުގެ ދަށުން އިތުރު 1.2 ބިލިޔަން އެމެރިކާ ޑޮލަރު ދޫކުރުމަށް ފާސްކޮށްފައިވާ ކަން އެ އިދާރާއިން ހާމަކޮށްފިއެވެ. ޕާކިސްތާނަށް ދޫކުރުމަށް އައިއެމްއެފްގެ ބޯޑުން ފާސްކޮށްފައިވާ ލޯނުގައި ހިމ…

ވީއައިއޭއާއި ގަން އެއަރޕޯޓުގެ ސިއްޙީ ޤާބިލްކަން އިތުރުކުރަން ހިންގި މަޝްރޫޢު ނިމިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސިއްޙީ ޤާބިލްކަން އިތުރު ކުރުމަށް ޖަޕާނުން ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ. މިކަމުގެ ނިމުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫޢަކީ ބޯޑަރ ކޮންޓްރޯލް ކުރުމާއި، ސެކިއުރިޓ…

ލީޑު ދެމެހެއްޓުމަށް ދެވަނަ ބުރުގައި ގޮންޖެހުންތައް އަންނާނެ: ބުރުގެ ކޯޗު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ތާވަލުގެ ހަތަރުވަނައިގައި އޮވެ ނިންމާލެވުނު ނަމަވެސް އެ ލީޑު ދެމެހެއްޓުމުގައި ގޮންޖެހުންތައް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. ފުރަތަމަ ބުރުގެ ކުޅުން ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސ…

ޕްރޮކިއުމެންޓް ނިޒާމު ޑިޖިޓަލްކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ހުޅުވޭ މުހިންމު ދޮރެއް: އޮޑިޓަރ ޖެނެރަލް

ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމު ޑިޖިޓަލްކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ހުޅުވޭ މުހިންމު ދޮރެއްކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ބައިނަލް…

އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުން މުހިންމު: ޑރ. ކިނާނަތު

ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދުގެ ކާމިޔާބީއާއި ތަރައްޤީއަށްޓަކައި، ސައިބަރ ސެކިއުރިޓީ ހަރުދާނާ ކުރުން މުހިންމު ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. ޑރ. ކިނާނަތު މިހެން ވިދާޅުވީ، ސައިބަރ ހަމަލާތަކަށް ރައްކާތެރިވުމުގައި އަމަލުކުރާނެ…

ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް

ސަރަހައްދީ އެއްބާރުލުން ދިރުވައި އާލާކުރުމުގެ މުހިންމުކަން ފާހަގަކޮށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރުގެ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްޖޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާކްގެ ސެކްރެޓަރީ ޖެނެރަލަށް މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސ…

Loading fresh headlines…