Live 10,221 stories Updated Jan 23, 2026
Showing: PSM
Browse topics PSM

PSM

Live feed

އދ. ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

އދ. ދިގުރަށު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި، އެ ރަށުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އޮޕަރޭޝަނަކީ ދިގުރަށު ތުނޑީގައި ބަނގުރާ ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، 33 ފުޅި ބަނގުރަ…

ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ނައިބު ރައީސްގެ ތަޢުޒިޔާ

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން މޫދަށްވެއްޓި، ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ އެމްޕީއެލްގެ ޒުވާން މުވަ…

ދެ ގުނަ ބޮޑު ކުޅިވަރު ބަޖެޓަކީ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް

600 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުޅިވަރު ވުޒާރާއިން ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ 232 މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ޚަރަދުތަކެއް ކުޑަވެގެންދާނެކަމަށާއި މިއީ މުސްތަގުބަލަށްޓަކައި ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢ…

ޓްރަމްޕްގެ ސުލްޙައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި

ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ރަސްމީކޮށް ލޯންޗުކޮށްފިއެވެ. އެ ބޯޑު ފުރިހަމަ އެކުލަވައިލެވުމުން، ޣައްޒާގެ އިތުރުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ…

12 ލަނޑު ފެނިގެންދިޔަ މެޗު ނިއުއަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 12 ލަނޑު ފެނިގެން ދިޔަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ. ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިއު ކާމިޔާބު ކުރީ 8-4 ލަނޑުންނެވެ. މި ނަތީޖާ އެކު ނިއުރޭޑިއަންޓު ވަނީ 16 މެޗުން ހޯދި 33 ޕޮއިންޓާ އެކު ތާވލުގެ ތިންވަނައިގަ ހަމަޖެހިލާފައެވެ. ރަސް…

ސްކޫލްތަކުގެ ކިޔެވުން އޮންނާނީ ރޯދަމަހުގެ ފުރަތަމަ ހަފްތާގައި އެކަނި

މިއަހަރުގެ ރޯދަމަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާގައި އެކަނިކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ތަޢުލީމީ ވުޒާރާއިން ވަނީ ދިރާސީ އައު އަހަރުގެ ކަލަންޑަރުގެ އެންމެ ފަހުގެ އަދާހަމަ އެ ވުޒާރާގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ ދިރާސީ …

ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާން ދެވަނައަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާ ލީގު ތާވަލްގެ ދެވަނާގައި 3 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މިމެޗަށް ނިކުތްއިރު ދެޓީމުވެސް އޮތީ 7 ޕޮއިންޓް ހޯދާފައެވެ. އަދި ގޯލުގެ ތަފާތުން ކުރީގައި އޮތީ ބަންގްލަދޭޝްއެވެ. އެހެންނަމަވެސް ބަންގްލަދޭޝް 3 ވަނައަށް ވައްޓާލު…

އުނދަގޫވީ ލިބުނު ފުރުސަތުތައް ނިންމާނުލެވުމުން: އަހުމަދު ހަމީދު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ނޭޕާލް އާއި ބައްދަލުކުރި މެޗު ބޮޑަށް އުނދަގޫވެގެން ދިޔައީ މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތައް ނިންމާނުލެވުމުން ކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަހުމަދު ހަމީދު ބުނެފިއެވެ. މެޗަށްފަހު އަހުމަދު ހަމީދު (އައްމަޑޭ) ބުނީ މެޗަށް ނިކުތްއިރުވެސ…

ފުރުސަތު ހޯދައިދެވޭނަމަ ކާމިޔާބު ހޯދިދާނެކަން ފުޓްސަލް ޓީމުންދަނީ ސާބިތުކޮށްދެމުން: ވަޒީރު ރާފިޢު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުންދާ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ސާބިތުކޮށްދެނީ ފުރުސަތުތައް ހޯދައިދެވިއްޖެނަމަ ކާމިޔާބާއި ހަމައަށް ދަތުރުކުރެވިދާނެކަންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" މިޕްރޮގްރާމުގައި ވ…

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު؛ މިހާތަނަށް 41 ހެކްޓަރު ހިއްކައިފި

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 5ވަނަ ދުވަހުއެވެ. މުޅި މަޝްރޫޢުގައި ޖުމުލަ 115 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.…

ގްރީންލޭންޑް ހޯދަން ބާރުގެ ބޭނުންނުކުރަން ޓްރަމްޕް ނިންމެވީ އަރިސް ބޭފުޅުން ދެކޮޅުވުމުން

ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް ހޯދަން އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ، އެންމެ އަރިސް ބޭފުޅުން އެކަމާ ދެކޮޅަށް ކުރެއްވި ވަކާލާތުގެ ސަބަބުންކަން ހާމަވެއްޖެއެވެ. ޑާވޮސްގައި ކުރިއަށްދިޔަ ވޯލްޑް އެކޮނިިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ޓ…

އައިންތު މިސްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދި…

Loading fresh headlines…