Live 10,242 stories Updated Jan 8, 2026
Showing: PSM
Browse topics PSM

PSM

Live feed

ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖަަހައިގެން ވިއްކުން މަޖުބޫރު

މިއަހަރުގެ ޖުލައި 28އިން ފެށިގެން ދުންފަތުގެ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ، ޞިއްޙަތުގެ އިންޒާރު ޖަހައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެވެ. ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އަދި ރާއްޖޭގައި ވިއްކާ ފަރާތްތަކުން ޢަމަލު ކުރުމަށް ދުންފަތް ކޮންޓްރ…

މިދިޔަ އަހަރު އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު %3.6 އިތުރު އަދަދެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 20…

ސިދީ ޗެލެންޖު ކަޕުގައި ވާދަކުރަން ގައުމީ ކުރިކެޓު ޓީމު އިންޑިއާއަށް

9 ވަނަ ސިދީ ޗެލެންޖު ކަޕުގައި ވާދަކުރާ ގައުމީ ކުރިކެޓު ޓީމު އިންޑިއާއަށް ފުރައިފިއެވެ. މިމުބާރާތުގައި ވާދަކުރުމަށް ރާއްޖެއިން ދާ ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިންނާއި ދެ އޮފިޝަލުން މުބާރާތަށް ފުރާފަވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމަހުގެ 9 އިން 21 އަށް އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޗަތުރާސަ…

ވަރުގަދަ ތިމަރަފުއްޓާއި ކިނބިދޫއަށް މުހިންމު މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ ތ. ތިމަރަފުށިން އެ އަތޮޅުގެ ގުރޫޕުގައި ރޭ ވަންދޫ ބަލިކުރިއިރު، ކިނބިދޫއިން ފަހަތުން އަރައި ގާދިއްފުށީގެ މައްޗަށް ކުރިހޯދައިފިއެވެ.ތިމަރަފުށިން ވަންދޫގެ މައްޗަށް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތިމަރަފުށީގެ ތަރިންގެ ޓީމުގެ ފަރާތުން…

ފުޓުބޯޅަ ރެފްރީންނަށް ވާން ބޭނުންވާ ޒުވާނުންނަށް ރަނުގެ ފުރުސަތެއް

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި އޮތް ފުޓުބޯޅައިގެ ރެފްރީންނަށް ވާން ބޭނުންވާ ފަރާތްތަކަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަނުގެ ފުރުސަތެއް ފަހިކޮށްދީފިއެވެ. އެފްއޭއެމް އިން ބުނީ، ފުޓުބޯޅައިގެ ބޭސިކް ރެފްރީ ކޯސްއެއް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝ…

މިއަދު ވެސް ނުރައްކާތެރި މިންވަރަށް ވައި ނުސާފު

މިއަދުވެސް ރާޢްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖެ ސަރަޙައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެއެވެ. ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އި…

ކައުންސިލް އިންތިޚާބު: 621 ވޯޓު ފޮށި ބަހައްޓާނެ

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 621 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ވޯޓު ފޮށިތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު…

ފަހު ވަގުތު ނިއުކާސަލް މޮޅުވެ ހަވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު 4-3 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެއްޖެ އެވެ. މި މެޗުން ނިއުކާސަލަ ޔުނައިޓެޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުން ލިބިފައި…

އެންމެ ގަދަ ޓީމަކީ މިޞްރެއް ނޫން، މުބާރާތް ވާދަވެރި: ސަލާހް

އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގަދަ ޓީމަކީ މިސުރު ނޫން ކަމަށާއި އެހެން ނަމަވެސް ތައްޓަށް ވާދަކުރެވިދާނެ ކަމަށް މިސުރުގެ ކެޕްޓަން މުހައްމަދު ސަލާހް ބުނެފި އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި މިސުރު ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓްއާ އެވެ. މި މެޗު ކުޅޭނީ އަންނަ ހ…

ރާއްޖެ ސުޕަރ ލީގު: ހުރާ ސެމީއަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ ރާއްޖެ ސުޕަރ ލީގުގަ ކ.ހުރާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކުރިއިރު ލ.މާބައިދޫން ސެމީގެ އުންމީދު ބޮޑުކޮއްފިއެވެ. މުބާރާތުގަ އިއްޔެ ހަވީރު ކުޅުނު މެޗު ހުރާ ކާމިޔާބުކުރީ މާލެ ސިޓީއާ ވާ…

ފުލަމް އަތުން ޗެލްސީ ބަލިވެ އަށް ވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެ ތާވަލުގެ އަށްވަނަ އަށް ވެއްޓިއްޖެ އެވެ. މި މެޗުން ޗެލްސީ ބަލިވިއިރު ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު 21 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ. ފުލަމް އަށް ލިބިފައި…

ސުޕަރ ކަޕްގެ ފައިނަލަށް ބާސެލޯނާ

ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުގެ ޖާގައެއް ބާސެލޯނާ އިން ހޯދައިފި އެވެ. ބާސެލޯނާ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސައުދި އަރަބިއްޔާގެ ރިޔާދުގައި އެތްލެޓިކް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގަ އެވެ. ކިންގް އަބްދުالله ސްޕޯޓް ސިޓީގައި ކުޅުނު މި…

Loading fresh headlines…