Live 10,265 stories Updated Dec 22, 2025
Showing: PSM
Browse topics PSM

PSM

Live feed

ފުވައްމުލަކު ހޮސްޕިޓަލަށް 10 ނަރުހުން ހޯދަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ އަދަދަކަށް ނަރުހުން ހޯދަން އިޢުލާނުކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ކުރި އިއުލާނުގައި ވާގޮތުން ނަރުހުން ހޯދަނީ ދާއިމީ ވަޒީފާތަކަށެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، ނަރުހުން މަދުވުމުގެ ދައްޗަކީ މިހާރުވެސް އެ ހޮސްޕިޓަލ…

އެންޑީއޭގެ ޗެއަރމަނަކަށް ސިއްދީޤު

ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭގެ ޗެއަރމަނަކަށް އަޙްމަދު ސިއްދީޤު އައްޔަން ކުރައްވައިފިއެވެ. އަޙްމަދު ސިއްދީޤު ކުރިން މަސައްކަތް ކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ. އެ މަޤާމުގައި ހުންނަވައި އޭނާ ވަނީ، އެ ވުޒާރާގެ ދަށުން ހިންގާ ޑިޕާރޓްމަންޓް އ…

ޖުލައި މަހު ފަވަރައާއި އިންޑިއާގެ ޔޫޕީއައި ގުޅާލަނީ

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަންނަ އަހަރުގެ ޖުލައި މަހު ގުޅާލައި ބޭނުން ކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މިއީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ފަސޭހަ އަދ…

ހިޖުރަކުރާ ދޫނި ހިފުމަކީ މަނާކަމެއް، ޖޫރިމަނާ ކުރެވޭނެ

މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރާ ކުރާ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ. އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހި…

ގޮންޖެހުންތަކާއެކުވެސް ހޭންޑްބޯޅަ ޓީމުން ހޯދި ކާމިޔާބީ ގިނަ: މުޖްތަބާ

ގޮންޖެހުންތަކާއެކުވެސް ޤައުމީހޭންޑްބޯޅަ ޓީމުން ހޯދި ކާމިޔާބީ ގިނަކަމަށާއި، ކައިރި މުސްތަގުބަލެއްގައި ހޭންޑްބޯޅައިން ރަނގަޅު ވަނަތަކެއް ގައުމަށް ގެނެސްދޭނެކަމަށް އުންމީދުކުރައްވާކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ. ހޭންޑްބޯޅައިން މިއަހަރު ހޯދުނު ކާމިޔާބީތަ…

މަގުގެ މަސައްކަތް ކުރާތީ، މަސްމާރުކޭޓަށް ވަދެވޭނީ ހަވީރީ ހިނގުމާއި ވީފަރާތުން!

މާލޭ އުތުރު ފަރާތުން، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމެންދެން މަސްމާރުކޭޓަށް ވަދެ ނިކުމެ ހެދޭނީ ހަވީރީ ހިނގުމާއި ވީ ފަރާތުން ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ އުތުރުފަރާތުން ބޮޑުތަކުުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދ…

ވިލިމާލެ ހޮސްޕިޓަލުގެ ސާރވޭއާއި ޑިޒައިންކުރުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި…

އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި

ނިރުބަވެރި ޖަމާޢަތް، އައިސިސްއިން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ސޫރިޔާގެ ވެރިކަން ފޭރިގަތް ފަހު…

ވައިބަރ އެކައުންޓް ހެކްކޮށް ފައިސާ ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، އެމީހާގެ ނަމުގައި އެކި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަ…

442 ވޭޕް ކާޓްރިޖާއި 2 ސިނގިރޭޓް ކާޓޫން ފުލުހުންގެ ބެލުމުގެ ދަށަށް

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއ…

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސަށް ފަސޭހައިން ވާސިލްވެވޭނެ

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ގަވަރުނަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެ…

ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމުގެ 3 ހަރަކާތެެއް އިފްތިތާހުކޮށްފި

މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފިއެވެ. މި ހަރަކާތްތައް އިފްތިތާހުކުރެއްވީ މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާ…

Loading fresh headlines…