ކުށުގެ ވެށިން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދިޔުމަކީ ޤައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް!
ކުޑަ ކުދިންނަކީ މިޤައުމުގެ މާދަމާއެވެ. ޤައުމުގެ ހުންގާނުގައި ހިފަންތިބި ބަޔަކީ މިއަދު މަދުރަސީ ޙަޔާތް ކަޑައްތު ކުރަމުންދާ ކުދިންނެވެ. އެކުދިންގެ ކިބައިން މިއަދު ފެންނަ އަޚްލާޤީ ފެންވަރާއި، އެކުދިންގެ ހުނަރާއި ޤާބިލުކަމަކީ މިޤައުމުގެ މާދަމާގެ ޙަގީގަތެވެ. މިއަދު އަޑުއިވިގެންދިޔައީ ޤައުމުގެ މުސްތަޤުބަލ…