މަސްވެރިންގެ ދުވަހުގެ އެންމެ ފޯރިގަދަ ހަރަކާތަކަށް މަސް ރޭސް، އެއްވަނަ ޓީމަށް 25،000 ރުފިޔާގެ އިނާމެއް
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ރ. ދުވާފަރުގައި 10 ޓީމަކާއެކު ބޭއްވި މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރައިން އިންތިޒާމުކޮށްގެން ބޭއްވި މަސް ރޭހެކެވެ. ޤައުމީ ފެންވަރެއްގައި ދުވާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނ…