Live 12,010 stories Updated Sep 3, 2026
Showing: PSM
Browse topics PSM

PSM

Live feed

ޣައްޒާއިން ފެން ކަނޑައިލުމުން މިލިޔަނެއްހާ މީހުން ފެނަށް ޖެހިއްޖެ

ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ އެއް މިލިޔަން ރައްޔިތުންނަށް ފެން ފޯރުކޮށްދޭ މިންވަރު މަދުކޮށް، ޔަހޫދީން ދަތިކުރާތާ ދެ ދުވަސް ވެއްޖެ ކަމުގައި އެކުވެރި ދައުލަތްތަކުން (އދ) ހާމަކޮށްފިއެވެ. އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ހުޅަނގު އައްސޭރިއާއި ޣައްޒާގެ ޢާންމުންގެ ރައްކާތެރިކަމާ މެދު އދގެ އޮ…

މިއަހަރު 7 ރަށެއްގެ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެންނަނީ

މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް މަަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ، ސަރުކާރުން ހަވާލ…

ގަމު ނޭޗާ ޕާކު ވިޒިޓާ ސެންޓަރުގެ %50 މަސައްކަތް ނިމިއްޖެ

ލ. ގަމުގައި ތަރައްގީކުރަމުން އަންނަ ނޭޗާ ޕާކުގެ ވިޒިޓާ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ، ޖީއީއެފްގެ ހިލޭ އެހީގެ ދަށުން ހިންގާ "އެންދެރި" ޕްރޮޖެކްޓް މެދ…

ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު އެއްބަސްވުމެއް

ރާއްޖެއަށް މެދުނުކެނޑި ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސްޓޭޓްފާމާއިން ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ސްޓޭޓް ފާމާގެ ބައިނަލްއަ…

އަސްކޮއި ގްރޫޕަށް ފައިސާ ދެއްކި ބަޔަކަށް 155،700 ރުފިޔާ ދޭން ހުކުމްކޮށްފި

އަސްކޮއި ގްރޫޕް މެދުވެރިކޮށް ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް 155،700 ރުފިޔާ ދިނުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން މި ހުކުމް ކޮށްފައިވަނީ އަސްކޮއި ގްރޫޕުން ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ގެންގޮސްފައިނުވާތީ އެ ކުންފުންޏާ ދެކޮޅަށް ކުރި ދައުވ…

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަން ހިނގާލުމެއް

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވިގޮތުގައި އެ ހިނގާލުން ބއްވަން ހަމަޖެހިފައިވަނީ "ޕޮލިސް ޔުނިޓީ ވޯކް"ގެ ނަމުގައެވެ. މި ހިނގާލުން އޮންނާނީ 2026 ސެޕްޓެންބަރު 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި މާލޭގައެވެ. މިއީ ދިވެހި ފު…

ފުވައްމުލަކުގައި ހޭންޑްބޯޅަ ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރަން ޕްރޮކްސީއަށް

ފުވައްމުލަކު ސިޓީގައި ކުޅިވަރު ކުޅޭ އުމްރާނީ ވަސީލަތްތަކެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ފުވައްމުލަކުގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރަން ނިންމާފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮކްސީ…

ޗީފް ސްޓެޓިސްޓީޝަނަކަށް ޑރ. އަޙްމަދު ރިޔާޒް

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް 23 އޮގަސްޓް 2026 އިން ފެށިގެން އައްޔަނުކުރައްވާފައިވާކ…

އީރާނުން 18 މީހުން ޝަހީދުކޮށްލުމަށްފަހު ޓްރަމްޕްގެ އިތުރު އިންޒާރެއް

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން އެންމެ ފަހުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައި، 108 މީހުން ޒަޚަމުކޮށްލުމަށްފަހު، އެމެރިކާއިން ބޭނުން ވަގުތަކު އަލުން ހަމަލާދޭނެ ކަމުގައި ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. …

ފުރަތަމަ 6 މަސް: މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިޔަން ހޯދައިފި

އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިޔަން ރުފިޔާ އެ އިދާރާއިން ހޯދާފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވާނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. ދައުލަތަށް ލިބެންޖ…

އެންމެފަހުގެ ޗެމްޕިއަން ވެމްކޯ ސެމީއަށް، އެމްޓީސީސީއަށް ފުރަތަމަ މޮޅު

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯއިން ޖާގަ ހޯދިއިރު، ކްލަބް އެމްޓީސީސީން ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ވެމްކޯއިން ވަނީ ސީދާ ތިން ސެޓުން އެމްޓީސީސީގެ މައްޗަށް ކުރިހޯދައިފައެވ…

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރެޔަރުތައް ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފި

ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) ކޮންޓްރޯލްކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުމުގެ ގޮތުން، ބޮޑެތި ގަސްތަކަށް ބޭސްޖަހާ 25 ސްޕްރޭޔަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވައިފިއެވެ. މި ސްޕްރެޔަރުތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަ…

Loading fresh headlines…