Live 12,010 stories Updated Sep 3, 2026
Showing: PSM
Browse topics PSM

PSM

Live feed

ރާއްޖޭގެ ދެވަނަ މެޗު ލަންކާއާ ދެކޮޅަށް މިއަދު

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅޭ ދެވަނަ މެޗު މިއަދު އޮންނާނެއެވެ. ކޮލިފައިންގައި ރާއްޖޭގެ ދެވަނަ މެޗުގައި ބައްދަލުކުރަން ޖެހެނީ ސްރީލަންކާއާ ދެކޮޅަށެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބްރޫނާއީއާ ދެކޮޅަށް ކުޅުނު އިރު އެ މެޗުން ރާއްޖެ މޮޅުވީ، 0-2ގެ ނަތީޖާ…

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ

މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މާލީ ވުޒާރާއިން އެންމެ ފަހ…

ޕާކިސްތާނުގެ ސިލެކްޝަން ކޮމިޓީން މިސްބާހް އިސްތިއުފާދީފި

ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ސިލެކްޝަން ކޮމިޓީން ކުރީގެ ކެޕްޓަން މިސްބާހުލް ހައްގު އިސްތިއުފާ ދީފި އެވެ. އޭނާ އިސްތިއުފާ ދިނީ ގައުމީ ޓެސްޓް ކްރިކެޓް ކޯޗު ޝަފްރާޒް އަހުމަދު މަގާމުން ވަކިކުރިތާ އެއް ދުވަސް ފަހުންނެވެ. ޝަފްރާޒް މަގާމުން ވަކި ކުރީ ލަދުވެތި ނަތީޖާއެއް ކަމަށްވާ 194 ލަނޑުގެ ތަފާތަކުން އ…

އޭޝިއަން ގޭމްސް: ކްރިކެޓް ކުޅުންތެރިންނަށް އެންމެ ރަނގަޅު ކޮޓަރި

ޖަޕާންގައި ބާއްވާ ކުރިއަށް އޮތް ގޭމްސްގައި އެންމެ ފެންވަރު ރަނގަޅު ކޮޓަރި ލިބޭނީ ކްރިކެޓް ކުޅުންތެރިންނަށް ކަމަށް އެ ގައުމުން ބުނެފި އެވެ. ޖަޕާނުގެ ކްރިކެޓް އެސޯސިއޭޝަނުގެ ސީއީއޯ ނަކޯއީ އެލެކްސް މިޔާއީ ވިދާޅުވީ ގޭމްސްގައި ވާދަ ކުރާ ކްރިކެޓް ކުޅުންތެރިންގެ އެކޮމޮޑޭޝަންއާ މެދު ހުރި ކަންބޮޑުވުންތަކަށ…

މެޑިކަލް ހެދުމަށްފަހު ބަލޮގަން އެވަޓަން އަށް ނުދިޔަ

ފްރާންސްގެ މޮނާކޯ އަށް ކުޅެމުންދިޔަ އެމެރިކާގެ ފޯވަޑް ފްލޯރިއަން ބަލޮގަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަން އަށް ބަދަލުވުމަށް އެ ކްލަބުގެ މެޑިކަލް ހެދުމަށްފަހު ކްލަބް ބަދަލުނުކުރުމަށް ނިންމައިފިއެވެ. ބަލޮގަން ކުޅެމުންދާ މޮނާކޯ އާއި އެވަޓަން އެތަކެއް ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކަށ…

އޭޝިއާ ޕެސިފިކް މީޑިއާ ސަމިޓްގެ ސަބް ފޯރަމްތައް ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ހަރަކާތްތައް ފަށައިފިއެވެ. އެގޮތުން އެންމެ ފުރަތަމަ ބާއްވާފައިވަނީ ސަބް ފޯރަމްތަކެވެ. މިއަހަރުގެ އޭޝިއާ ޕެސިފިކް މީޑިއާ ސަމިޓް ކުރިއަށްދާނީ މިމަހުގެ 3 އިން 5 އަކަށް ޗައިނާގައެވެ. އޭޝިއާ ފެސިފިކް މީޑިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު އޮން…

ތައިލެންޑުން ދިވެހިންނަށް ވިސާގެ ލުއިތަކެއް

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މި މަހުގެ 15 އިން ފެށިގެން ލުއިތަކެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތައިލެންޑުގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް އޮގަސްޓު 31 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވ…

ކުޅިވަރު އެސޯސިއޭޝަންތަކުން ލިޔެކިޔުން ބެލެހެއްޓުން ލާޒިމުކުރަނީ

ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާތީ، ކުރިއަށްއޮތް ތަނުގައި ގަވާއިދުތަކުގެ ތެރެއިން އެކަން ލާޒިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވިދާޅުވެއްޖެއެވެ. އޭސީސީން ވަނީ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގައި ކޮ…

ޗެމްޕިއަންސް ޓްރޮފީ އަންހެން ކްރިކެޓް މުބާރާތް އިންޑިޔާގައި

އައިސީސީ ޗެމްޕިއަންސް ޓްރޮފީ އަށް ކުޅޭ އަންހެނުންގެ ފުރަތަމަ ކްރިކެޓް މުބާރާތް ބާއްވާނެ ގައުމަކީ އިންޑިޔާ ކަމަށް ހަމަޖައްސައިފި އެވެ. ކުރިން މި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ސްރީލަންކާގަ އެވެ. އަންނަ ފެބްރުއަރީ 14އިން 28 އަށް ބާއްވަން ހަމަޖައްސާފައިވާ މުބާރާތް ލަންކާގައި ނުބާއްވަން ނިންމީ ސަ…

ކުޅުންތެރިން ގަތުމަށް އިނގިރޭސި ކުލަބުތަކުން 4.4 ބިލިޔަން ޑޮލަރު، އައު ރެކޯޑެއް

ކުޅުންތެރިން ގަތުމަށް އިނގިރޭސި ކުލަބުތަކުން ރެކޯޑް އަދަދެއް ކަމަށްވާ 4.4 ބިލިއަން ޑޮލަރު ހޭދަކޮށްފި އެވެ. ޓްރާންސްފާ ބާޒާރު އިއްޔެ ބަންދުވިއިރު އިނގިރޭސި ގިނަ ކުލަބުތަކުން ވަނީ އެމީހުންގެ އަމިއްލަ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މި ގޮތުން އިނގިރޭސި ހުރިހާ ކުލަބަކުން މިދިޔަ ސީޒަނަށް ކުޅުންތެރިން ހޭ…

ވިމެންސް ޗެމްޕިއަންސް ޓްރޮފީ ސްރީލަންކާއިން އިންޑިއާއަށް

މިއަންނަ އަހަރު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ވިމެންސް ޗެމްޕިއަންސް ޓްރޮފީގެ ފުރަތަމަ މުބާރާތް ސްރީލަންކާގެ ބަދަލުގައި އިންޑިއާގައި ބޭއްވުމަށް އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައިސީސީއިން ނިންމައިފިއެވެ. މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 އިން 28 އަށް ސްރީލަންކާގައި ބޭއްވުމަށ…

ބާސްކެޓް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ތުރުކީޔޭ

މިއަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީބާ ބާސްކެޓްބޯޅަ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ތުރުކީޔޭ ވެގެން ހިގައްޖެއެވެ. މިމުބާރާތަށް ތުރުކީޔޭ ކޮލިފައިވީ ޔޫރަޕިއަން ކޮލިފައިންގ ދެވަނަ ބުރުގައި ގްރޫޕް ޖޭގައި ރަށުން ބޭރުގައި އައިސްލަންޑާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެންނެ…

Loading fresh headlines…