Live 12,012 stories Updated Sep 2, 2026
Showing: PSM
Browse topics PSM

PSM

Live feed

ޔަހޫދީ ޖަލުތަކުގައި ބަންދުކޮށްފައިވާ އަންހެނުންގެ ޙާލަތު ގޯހުން ގޯހަށް!

ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަންހެން ގައިދީންގެ ޞިއްޙީ ޙާލަތު އިންތިހާއަށް ދަށަށް ގޮސް، އެ މީހުންނަށް ކުރިމަތިކުރަމުންދާ އަނިޔާތައް އިތުރުވެފައިވާ ކަމަށް ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެފެއާޒުން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ ގައިދީންގެ ކަންކަމާ ބެހޭ ކޮމިޝަނުން ހާމަކުރި ގޮތުގައި، ޔަހޫ…

ރައީސްގެ ތަހުނިޔާ ނޯވޭގެ އައު ރަސްގެފާނަށް

ނޯވޭގެ އައު ރަސްގެފާނު ހޯކަން 8 ވަނައަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ނޯވޭގެ އައު ރަސްގެފާނު، ހޯކަން 8 ވަނަ، ރަސްކަމުގެ ތަޚުތަށް ވެޑުވީ އެކަމަށް ޚާއްސަކުރެވިގެން އެ ޤައުމުގެ ޤާނޫނު ހަދާ …

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ހިމެނޭ ފޮތެއް ނެރެފި

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް" ފޮތުގެ ދެވަނަ އިޞްދާރު މިއަދު ނެރެފިއެވެ. މިއީ ޒަކާތުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ގ)ގެ ދަށުން ނެރެފައިވާ ފޮތެކެވެ. ޒަކާތު ހައުސްއިން ވިދާޅުވީ މިއީ ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެގުމާއި ބެހުމުގެ…

"މާމައިންނާއި ކާފައިންނަކީ އަގުނުކުރެވޭނެ ބޮޑު ނިޢުމަތެއް"

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއްކަން ފާހަގަކޮށް ދުވަހުގެ ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމ…

ސައްހަނޫން މަޢުލޫމާތު ހިއްސާކުރި މައްސަލައިގައި ސަޢުދުއަށް ދައުވާކޮށްފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ސައްހަ ނޫން މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސަޢުދު އަލީގެ މައްޗަށް ދައުވާކޮށްފިއެވެ. މި މައްސަލައިގައި ސަޢުދުގެ މައްޗަށް ދެ ދައުވާއެއް އުފުލުމަށް ކޯޓަށް…

އޭޝިއަން ގޭމްސްއަށް އުއްމީދީ ސްވިމިން ޓީމެއް

މިމަހު 19 އިން އަންނަމަހުގެ 4 އަށް ޖަޕާނުގައި ކުރިއަށްދާ އައިޗީ - ނަގޯޔާ 2026 ނުވަތަ އޭޝިއަން ގޭމްސްގައި ވާދަކުރާނީ އުއްމީދީ ޒުވާން ސްކޮޑެއްކަމަށް މޯލްޑިވްސް އެކުއަޓިކްސްއިން ބުނެފިއެވެ. އޭޝިއަން ގޭމްސްއަށް ޤައުމީ ސްވިމިން ޓީމުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއ…

އައިޓީބީ އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ދައްކާލައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން އައިޓީބީ އިންޑިއާ 2026ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ދައްކާލައިފިއެވެ. މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 1އިން 3އަށް ކުރިއަށްދާ "އައިޓީބީ އިންޑިއާ 2026" ފެއަރގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ބައިވެރިވެ …

ވިޔަފާރި ބަނދަރު: ތާވަލާ އެއްގޮތަށް މަސައްކަތް ދަނީ ކުރިއަށް

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ތާވަލާ އެއްގޮތަށް، ބާރަށް ކުރިއަށްދާކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ރައީސުލްޖުމްހޫރިއ…

އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން އިންތިޒާމު ކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެމްއައިބީއިން ވިދާޅުވެއްޖެއެވެ. އެމްއައިބީއިން މިއެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތި…

މިފްކޯގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުﷲ ފާއިޒު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ޗެއަރޕާސަން ކަމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުނ…

4 ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއަށް

ރާއްޖޭގެ 4 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބ. ކިހާދޫއާއި ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ދ.ބަނޑިދޫ ބަނދަރު ފުން ކުރުމާއި، ޖެޓީ ތަރައްޤީކ…

"ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު"

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ވަނީ ފުލުހުންގެ …

Loading fresh headlines…