Live 6,031 stories Updated Aug 30, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މި ގައުމުގެ ވިޔަފާރިވެރިންނާއި ގައުމު ބަނގުރޫޓު ކުރަމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ ސަރުކާރުން ސަބް ބޭސް ހެދި، މިހާރު އޮތީ ދަނޑެއް ނޫން، ޖަންގައްޔެއް!

ދ. މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސަބް ބޭސް ހެދި ކަމަށާއި ނަމަވެސް މިހާރު ފުޓުބޯޅަ ދަނޑު އޮތީ ޖަންގައްޔަކަށް ބަދަލުވެފައި ކަމަށް މާއެނބޫދޫ ކައުންސިލުގެ ނައިބު ރައީސް ރިލްވާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!

އައްޑޫ ލިންކު ރޯޑުގެ މަސައްކަތަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން

މި ސަރުކާރު އައިސް މާ ބޮޑަށް އަދި މާ "މޮޅަށް" ފެނަކަ ކުންފުނިން ވައްކަން ކޮށްފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަވަން ވައުދުވެވަޑައިގެންނެވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތު ކުރަން 8.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު

ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުން ނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ހޫދުއަށް ޓެރަރިޒަމްގެ ދައުވާތައް ސާބިތުވުން: އެފްބީއައި އިން ފޯނު ތަހުލީލުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވޭތަ؟

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ 23 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު، އެއީ ފާސިދު އަތި ބާތިލު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމެއްކަމަށް އޭނާގެ ފަރާތުން ހުށަހެޅި އިސް…

މާލީ ދަތިތަކާ ހުރެ ސާފް 17 އަހަރުން ދަށުގެ މުބާރާތްތައް ކެންސަލްކޮށްފި

މާލީ ދަތިތަކާ ގުޅިގެން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް 17 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން މުބާރާތް ނުބޭއްވުމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ހުކުރު ދުވަހު ނިންމައިފި އެވެ. މިއީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ކޮލިފައިންގެ ކުރިން ސަރަހައްދުގެ ޒުވާން ޓީމު…

ރިސޯޓު މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ބޭރު ފައިސާގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ދިވެހި ރުފިޔާ އިން ސަރވިސް ޗާޖް އަދި މުސާރަ ދިނުމާއި ދެކޮޅަށް މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

Loading fresh headlines…