Live 6,031 stories Updated Aug 29, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

ނޭޕާލުގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އެމްއާރުސީ ނޭޕާލް ސޮލިޑަރިޓީ ފަންޑު" ގެ ނަމުގައި މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހާއްސަ ފަންޑެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން 2 ބޯޓު ފޮނުވައިގެން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގުން ނޫން އިތުރު ކަމެއް މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން ނުވޭ: އަހުމަދު އަބްދުﷲ

އެސްޓީއޯއިން 2 ބޯޓު ފޮނުވައިގެން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގުން ނޫން އިތުރު ކަމެއް މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން ނުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި އިހަވަންދޫ ދަައިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފުން ވަކިކޮށް، އާއިލާތައް ބިކަކުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި

އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 13 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 13 އާއިލާ ބިކަކޮށްލި މައްސަލަ އެ ރަށު ކައުންސިލްގެ އިދާރާ އިން ކުށްވެރިކޮށްފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

ކުރިއަށް އޮތް ސެޕްޓެންބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ވެސް ހުންނާނީ އާންމު މިންވަރަށްވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެ މިއޮތީ ކަސިޔާރުވެފައި: ނިޝާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެ މިއޮތީ ކަސިޔާރުވެފައި ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދ. މާއެނބޫދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު މަސައްކަތް ހުއްޓި، މުޅި ސަރަހައްދުގައި ގަސް ފަޅައި ޖަންގަޔަކަށް ވެފައި!

ދ. މާއެނބޫދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު މަސައްކަތް ހުއްޓި، ޕްރޮޖެކްޓް ކުރިއަށްދާ ސަރަހައްދުގައި ބޯކޮށް ގަސްފަޅައި މުޅިތަން ހާލަކުވާ ހާލަތަށް ގޮސްފައިވުމުން އެކަމުގެ ކަންބޮޑުވުން މާއެނބޫދޫ ކައުންސިލުން ފާޅުކޮށްފި އެވެ.

ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ އިންޒާރުދިން މައްސަލައިގައި އުފުލި ދައުވާ ސާބިތެއް ނުވި!

ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ ޗެނަލް 13ށް އިންޓަރވިއު ދިން ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

ނޭޕާލްގެ މަޝްހޫރު ނޫޑްލްސް ބްރޭންޑް "ވައި ވައި" އުފައްދާ ސީޖީ ކޯޕް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު ވަރުން ޗައުދަރީ، ދިވެހިރާއްޖޭގައި އޭނާއަށް ދިމާވި ނުރައްކާތެރި ހާދިސާއަކުން ފުރާނަ ސަލާމަތްވީ އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ އެހީތެރިކަމާ އެކު ކަމަށް ބުނެފި އެވެ. ޗައުދަރީ ބުނި ގޮތުގައި ރާއްޖޭގައި…

މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!

މުޖުތަމައު އިސްލާހު ކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ޒިންމާއެއް ކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފި އެވެ.

އަޅުގަނޑުގެ ކެމްޕެއިނުގައި މަސައްކަތް ކުރި ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ވަޒީފާއިން ވަކި ކުރަމުން: މެންބަރު ސޯބެ

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި އޭނާގެ ކެމްޕެއިނުގައި މަސައްކަތް ކުރި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން އަދި އޭނާއަށް ތާއީދު ކުރި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ވަޒީފާތަކުން ވަކި ކުރަމުންދާ ކަމަށް މެންބަރު އަބް…

Loading fresh headlines…