Live 6,031 stories Updated Aug 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

މާލެ ސިޓީ، މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ހާލު ސިރިއަސް ކަމަށާއި، ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިނިވަންކަން ގެއްލިފައިވާ މިންވަރު ހާމަވަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން

މި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ބިލުތަކަކީ ކުޅޭ ކުޅިވަރަކަށް ހަދާފައިވާ ކަަމަށާއި ގާނޫނުގައި މިހާރު ވެސް އޮތް ގޮތަށް އިސްލާހުތައް ހުށަހެޅޭއިރު ވެސް އެ ބޭފުޅުންނަށް ނޭނގޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާ…

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ރައީސް އޮފީހުން ހިންގާތަނެއް ކަމަށާއި ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަކީ ރައްޔިތުންގެ ބިން ފޭރޭ …

ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކާ ގުޅޭގޮތުން ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނިތާ ދޮޅު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެންމެ ކުޑަމިނުން އެ މައްސަލައިގެ ތުހުމަތުގައި އޭސީސީ އިން މިހާތަނަށް އެ މައްސަލަ ރައްދުވާ ފަރާތްތަކާ ސުވާލެއް ވެސް ކޮށްލާފައި…

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ސަރުކާރުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ.

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް، އަދި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލު ކުރެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…