Live 6,031 stories Updated Aug 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރަން މަޖުބޫރު ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމަކަށް ވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، އެ މައްސަލަ ބޭރު…

"އެޗްއާރްސީއެމްގެ މެންބަރުކަމަށް ކޮމިޓީން މާކްސް ދިންއިރު، އިންސާނީ ހައްޤުގެ ދާއިރާއިން ކިޔެވި ފަރާތަށްވުރެ މިއުޒިކްގެ ދާއިރާއިން ކިޔެވި ފަރާތަށް ލިބުނު މާކްސް ގިނަ"

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މީހަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މާކްސް ދިން ގޮތާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކ…

މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް، އަހަރުގެ މިހާތަނަށް 243 ކޭސް ރިޕޯޓުކޮށްފައިވޭ!

މިދިޔަ ހަފްތާ ތެރޭގައި 17 މީހަކަށް ހިމަ ބިހި ޖެހިފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް ޖުމްލަ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ ރައްޔިތަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، 10 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފި އެވެ.

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

މިސް ވޯރލްޑްގައި ދިވެހިރާއްޖެ ތަމްސީލު ކުރާ މަރިޔަމް އީމާ މުހައްމަދު، މިސް ވޯރލްޑްގެ "ހެޑް ޓު ހެޑް ޗެލެންޖު" ގެ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފި

ދިވެހިރާއްޖޭގެ މަސައްކަތް ކުރާ ބިދޭސީންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އިން ފާސްކޮށްފި އެވެ.

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބޭރު ކޮށްލުމަށް ގޮވާލައި،…

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ބަޔަކު މީހުން ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާތީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ރާއްޖެ ޓީވީން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއ…

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ބަލައިގެންފި

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ 23 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، އެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި އެވެ.

Loading fresh headlines…