Live 6,031 stories Updated Aug 25, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ އޮފީސް ބަލާފާސްކުރުމަށްފަހު ގެންދިޔަ ތަކެތި އަނބުރާ ރައްދު ކުރުމަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ

ޓޭންކަރާއި ބޮޑު ބަޑި، އަދި ހުރިހާ އެއްޗެއް ނެރެގެން ހައްޔަރު ކުރަން ޖެހޭ މީހާ ވަރަށް ސާފުކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން އަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް، ޤައުމުގެ ހާލަތާ މެދު ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތް: ޝާހިދު

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަަށާއި، ދިވެހި ރާއްޖެ މިހާރު މި އޮތް ހާލަތުގެ ސަބަބުން ވަރިހަމަ ކޮށްލައިގެން ތިބެވެން ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވ…

އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު

އޭނާއަކީ އަސްލު އެމްޑީޕީގެ ބޭފުޅެއް ކަމަށާއި ޑީއާރުޕީ އިން ވަކިވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން އަނބުރާ ގެންދެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގޮވާލައްވައިފި އެވެ.

ދިވެހީންނަށް ވެސް އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް ގެނެވޭ ގޮތަށް ލުއިތަކެއް ދީފި

އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރަން ކުރިން ފަތުރުވެރިންނަށް ދީފައި އޮތް ލުއިތައް، ދިވެހިންނަށް ވެސް ދިނުމަަށް ނިންމާ ކަމާ ގުޅޭ އުސޫލު އިސްލާހުކޮށްފި އެވެ.

ހަރަދު ކުޑަކުރަން ކަމަށް ބުނެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ މި ދަނޑިވަޅުގައި އުނގޫފާރު ހޮސްޕިޓަލަށް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަނުކޮށްފި!

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި އެވެ.

ދ. ކުޑަހުވަދޫ މަގުތަކުގެ ހާލަތު އޮތް ގޮތުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް: ވިއްސާރަ ވެއްޖެނަމަ ކެނޯގައި ދަތުރުކުރަން މީ ވިއެޓްނާމްއެއް ނޫން!

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއު ހުއްޓި، މިހާރު އެ މަގުތަކުގެ ހާލަތު ހުރި ގޮތުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭތީ ކުޑަހުވަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޑަހުވަދޫ ރައްޔިތުންގެ ހާލަތު ދަށަށް: ދިރިއުޅުމުގެ ޚަރަދު ބޮޑުވެ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ކަމުގެ ޝަކުވާ!

ދ. ކުޑަހުވަދޫގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އަލަށް އާބާދުވާ ސަރަހައްދުން އަސާސީ ޚިދުމަތްތައް ނުލިބޭތީ އާއި ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ލަސްވަމުންދާތީ އެރަށުގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދެނީ!

އައްޑޫ ސިޓީ ފޭދޫގައި ހުންނަ ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދޭން ފަށައިފި އެވެ.

އެމްޕީއެލްގައި މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެނުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެން މުވައްޒަފުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ އެވެ.

Loading fresh headlines…