Live 4,780 stories Updated Jun 18, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

ސަރުކާރު ސްކޫލުތަކުގެ މަރާމާތާއި ކުލަލުން ފަދަ ކަންކަމަށް ބެލެނިވެރިން ލައްވައި ޚަރަދު ކުރުވަމުންދާކަމަށް މައުލޫމާތު ލިބިފައިވާއިރު، މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ޖަވާބެއް ނުލިބުނެވެ.

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ ސިޔާސީ ގޮތުން ނޫން ކަމަށާއި، މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން ކަމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތަށް ބަލާއިރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ގަމަށް ހުރިހާ ސަރުކާރަކުން ވެސް ވަނީ އިހުމާލު، އަދިވެސް ފުރިހަމަ ގޮތުގައި އެންމެ އަސާސީ ޚިދުމަތްތައް ގާއިމް ނުކުރެވޭ: ކުރީގެ ކައުންސިލް ރައީސް ޒަކީ

ލ. ގަމަށް އެއްވެސް ސަރުކާރަކަށް ބެލިފައިނުވާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަދިވެސް ފުރިހަމަ ގޮތުގައި ގާއިމް ނުކުރެވޭ ކަމަށް ގަމު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ޒަކީ ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.

ވަށަފަރު މީހުން އުނބަށްޖެހީ ހަޔާތުގައި އެންމެ ފަހަރަކު، އެހެންނަމަވެސް އެކަން ސަގާފަތަކަށް ވީމަ ކަމަކުނުދާނެ: ޒިޔާދު

ހއ. ވަށަފަރު މީހުން އުނބައްޖެހީ ހަޔާތުގައި ވެސް އެންމެ ފަހަރަކު ކަމަށާއި، ނަމަވެސް އެކަން ސަގާފަތަކަށް ވެގެން ދިއުމުން ކަމަކު ނުދާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ގެ ވަގުތީ ޗެއަރޕާސަން ކަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލްތައް ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރާ ކަމަށާއި، ގުނަވަން ޓްރާންސްޕްލާންޓުގެ ބިލަކީ ވެސް އޭގެ މިސާލެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެއްވެސް ހެއްކެއް ނެތި، ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…