Live 4,783 stories Updated Jun 17, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެއްވެސް ހެއްކެއް ނެތި، ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް: ކައުންސިލު ރައީސް

ލ. ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ރަށުގެ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް ކަމަށް ގަމު ކައުންސިލުގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވެއްޖެއެވެ.

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ޑރ މުޙައްމަދު މުއިއްޒު އުފުއްލަވަން ޖެހޭނެ ކަމުގައި ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ފުރިހަމަ ނުވާކަމަށް ވިދާޅުވެ، އެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން، ސަރުކާރުގެ އިޚުލާޞްތެރިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއ…

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އ…

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫފޭދޫ / އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.

ވިކްޓަރ އޯބާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުން ހުއްޓުވުމަށް ހަންގޭރީގެ ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން 8 އަހަރު ކަމަށް ފާސްކޮށްފި

ހަންގޭރީގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވޭނެ އެންމެ ދިގު މުއްދަތަކީ އަށް އަހަރު ކަމަށް ކަނޑައަޅައި، އެ ގައުމުގެ ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ހަންގޭރީގެ ޕާލަމަންޓުން ތާއީދުކޮށްފިއެވެ. މިއީ ވިކްޓަރ އޯބާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުން ހުއްޓުވުމަށްޓަކައި، މިހާރުގެ ބޮޑުވަޒީރު ޕީޓާ މަގްޔާ…

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިނގަމުންދާ އަމަލުތައް ހުއްޓާލަން ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ކުރާ މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި އެވެ.

Loading fresh headlines…