Live 4,783 stories Updated Jun 17, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަށް ބޮޑު އުއްމީދަކާއެކު ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު އެމްޑީޕީން ބާއްވާ އިހުތިޖާޖުގެ ތެރެއިން މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަ…

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

މާލޭގެ ސްކޫލެއްގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވެގެން ދިޔަ ފަހުން، އޭނާގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގައި 1.5 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ

މަޖިލީހުގެ ބައި އިލެކްޝަން ކެމްޕޭނުގައި އޭނާއާއެކު އުޅުނު ސަރުކާރު ކުންފުނިތަކުގެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އިތުރު އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރުގެ ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާއިރު، ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެ ފައިސާ ހުސްކުރި ގޮތުގެ ތަފްސީލު ހޯދަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއް…

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް، ނަމަވެސް ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް: ސާޖިދާ

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާއި، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުޞަތުގެ ދަރުމަ ހޯއްދަވައި، އިންސާނިއްޔަތަށް އެ ޚިދުމަތް ދެއްވުމަށް، ރައީސުލ…

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތާއި މެދު އާންމުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ފާހަގަކުރައްވާ، އެކަންކަމުގެ ތަފްސީލު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއ…

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް ވިދާޅުވެއްޖެއެވެ.

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ގުޅިގެން ހައުންސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

Loading fresh headlines…