Live 4,783 stories Updated Jun 16, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި އޮންނަ އެޑްވާޑްސް އެއާފޯސް ބޭސް އިން ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް މަރުކާގެ ބޮން އަޅާ ބޯޓެއް ވެއްޓިއްޖެ ކަމަށް އެ ބޭސް އިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

ރައީސް މުއިއްޒުގެ ސަރުކާރުން ހަމައެއް ލަމައެއްނެތި ދިވެހި ގައުމަށް ނިކަމެތިކަން ލިބޭގޮތަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ އާއިލީ ބޯހިޔާވެހިކަން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި ހޯމަ ދުވަހުގެ ރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ސިއްހީ ނިޒާމު މިއިން ޒަމާނަކު ދަށަށް ނުދާ މިންވަރަށް ފަހަތަށް ގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް ވިދާޅުވެއްޖެ އެވެ.

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ބޭއްވި ފެންނަ ނުފެންނަ ވޯޓުން ލަދުވެތިކޮށް ބަލިވި ނަމަވެސް، ޕީއެންސީ އަކީ މިހާތަނަށް ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބަލައިގަތް ޕާޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހުނު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މަޝްހޫރު ބޫޓު ބްރޭންޑެއްގެ ފަހަތުގައިވާ ބެލީނީ ދެބެއިން ހިނގުމަށް ފަސޭހަ އައު ބޫޓެއް ތަޢާރަފްކޮށްފި - އަދި މި ބޫޓުތައް ވަރަށް ހަލުވިކަމާއެކު ދަނީ ވިކެމުންނެވެ

އޮފީހުގައި ހޭދަކުރާ ދިގު ދުވަހަކަށްފަހު، ނުވަތަ ގިނަ ވަގުތު ހިނގުމަށްފަހު ފައިގައި އުފެދޭ ރިހުމާއި އުނދަގޫތައް އިޙްސާސް ނުކުރެވެނީ ކާކަށްތޯއެވެ؟ ފަޔަށް ބަރު ބޫޓުތަކާއި، ފަޔަށް ހާސްކަންގެނުވާ ބޫޓުތަކުގެ ސަބަބުން ބިމާ ހުރި ގުޅުން ކެނޑިގެންދާ ފަދަ ނުތަނަވަސް އިޙްސާސްތައް ކުރެވެއެވެ. މިފަދަ ކުދިކުދި އުނ…

މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މި ސަރުކާރުން ޖުމްލަ 2645 މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި، މި މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތް ޕްލޭންކޮށް ނިމިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

ޒާތީ މައުލޫމާތު ގެ ބިލު ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކް ހަވާލު ކުރުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…